ޅ ނައިފަރު ބްލިސް ކެއަރ ފައުންޑޭޝަންގެ ފަރާތުން 2024 ވަނަ އަހަރުގެ ބައިނަލްއަޤްވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް ފާހަގަކޮއްފި

ބްލިސްކެއަރ

ބްލިސް ކެއަރ ފައުންޑޭޝަނުން ފާދިއްޕޮޅު ނައިފަރު ކައުންސިލާއި ގުޅިގެން ޅ. ނައިފަރުގައި ހޭލުންތެރިކަން އިތުރުކުރުމުގެ ހިނގާލުމަކާއި އެކި ހަރަކާތްތައް ހިމެނޭގޮތައް ކުޑަކުދިންގެ ހަވީރެއްް ބާއްވައިފިއެވެ.

2024 ވަނަ އަހަރުގެެ ބައިނަލްއަޤްވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެދުވަސް ފާހަގަކުރުމުގެ ގޮތުން، ބްލިސް ކެއަރ ފައުންޑޭޝަނުން ފާދިއްޕޮޅު ނައިފަރު ކައުންސިލާއިގުޅިގެން ޅ. ނައިފަރުގައި ހޭލުންތެރިކަން އިތުރުކުރުމުގެ ހިނގާލުމަކާއި އެކި ހަރަކާތްތައްހިމެނޭގޮތައް ކުޑަކުދިންގެ ހަވީރެއްް ބާއްވައިފިއެވެ. މި އަހަރުގެ ޝިއާރަކީ "ޝާމިލުކުރުވަނިވި އަދި ދެމެހެއްޓެނިވި ކުރިމަގަކަށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެއިސްނެގުން ފާހަގަ ކުރުން" އެވެ.

IMG_2817.jpeg

ހިނގާލުން ކުރިއަށް ދިޔައީ މި ފަރާތްތަކުގެ ހިތްވަރުގަދަ ކަމާއި، ކެރުންތެރިކަން، އަދިމުޖުތަމައުގައި، ހިއްސާވާ ހިއްސާވުންތައް ފާހަގަ ކޮށް އެކަންކަމަށް ހިތްވަރު ދިނުމުގެ މެސެޖްތައް ޙިއްސާ ކުރަމުންނެވެ. މިއީ މިފަރާތްތަކުގެ ކާމިޔާބީތަކުގެ ޝަރަފުވެރިކަންފާހަގަ ކުރުމާއިއެކު، މުޖުތަމައުގައި، އެންމެން އެކުގައި ބައިވެރިވެ އުޅުމުގެ ރާސްތާ ފަހިކުރުމުގެ ހޭލުންތެރިކަން އިތުރު ކުރުމުގެގޮތުން ކުރިއަށް ގެންދެވުނު ހަރަކާތެކެވެ. މި ހިނގާލުމުގައި ޅ ނައިފަރުގެ އެކި މުއައްސަސާތަކާ ކުދިބޮޑު ގިނަ ރައްޔެތުން ބައިވެރިވިއެވެ.

ގިނަ މުއައްސަސާތަކެއް ހިމެނިގެން ކުރިއަައްގެންދެވުނު ކުޑަކުދިންގެ ހަވީރުގައި ތަފާތު އެކި ކުޅިވަރުތަކާއި އެކު، ޅ ނައިފަރުގެ ބްލިސްކެއަރ ތެރަޕިއުޓިކް ސާވިސް ކްލިނިކްގެ ދަރިވަރުންގެ ޚާއްސަ އައިޓަމްތަކެއް ފެނިގެން ދިޔައެވެ.

IMG_2821.jpeg

މި ހަރަކާތްތަކުގައި ބައިވެރިވި ފަރާޔްތަކުގެ ތެރޭގައި ބްލިސް ކެއަރ، ފާދިއްޕޮޅު އަތޮޅު ކައުންސިލް، ޅ. އަތޮޅު ހޮސްޕިޓަލް، މިފްކޯ، ޖަމްޢިއްޔަތުއް ތައިސީރު، އެމް.އެން.ޑީ.އެފް، ފެމިލީ އެންޑް ޗިލްޑްރެންސް ސަރވިސް ސެންޓަރ، ޖައްލޭ އާޓްސް، ނަހްރެސް އަދި ފާދިއްޕޮޅު ނައިފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ ހިމެނެއެވެ.

ޅ. ނައިފަރުގައި ޤާއިމުކުރެވިފައިވާ ބްލިސް ކެއަރ ފައުންޑޭޝަނަކީ ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އެހީތެރިވުމަށް ވަކާލާތުކުރުމާއި، މުޖުތަމަޢު ހޭލުންތެރިކުރުވުމަށްމަސައްކަތްކުރާ ޖަމްޢިއްޔާއެކެވެ. އެގޮތުން، މި ދުވަސް ފާހަގަ ކުރުމުގެ އެންމެބޮޑު މަޤްޞަދަކީ، ނުކުޅެދުންތެރިކަމަކީ މީހާގެ ޤާބިލުކަން ކަނޑައަޅައިދޭ ކަމެއް ނޫންކަމާއިއެއީ ޝާމިލު ކުރުމާއި ހަމަހަމަ ފުރުސަތުތައް ހޯދައިދިނުމާއި، އިހުތިރާމާއި ބާރުވެރިވުމަށް އޮތް ހުރަސްތައް ނައްތާލާ، ބޮޑެތި ކާމިޔާބީތައް ހޯދުމަށް ބާރު އަޅައިދޭ ކަމެއްކަން މުޖުތަމަޢަށް އަންގައިދިނުމެވެ. އަދި މިކަމުގައި، އަޅުގަނޑުމެން ކޮންމެ މީހެއްގެވެސް ދައުރެއްވާކަމާއި އެއީ މުޖުތަމައުގައި ހުރިހާ އެންމެންނަށްވެސް، މިފަރާތްތަކުގެ ނުކުޅެދުންރިތެރިކަމަށް ނުބަލަައި، ހަމަހަމަކަމާއި އެކުގައި ކަންކަމުގައި ބައިވެރިވުމަށް އެހީތެރިވެދޭ ތަނަކަށް މުޖުތަމައު ހެދުމުގެ މުހިއްމުކަން އަންގައިދިނުންވެސް މެއެވެ.

IMG_2814.jpeg


މިއަދުވެސްް، އަދި ހަމަ ކޮންމެ ދުވަހަކުވެސް އަޅުގަނޑުމެން މިފަރާތްތަކުގެ އަޑުއަހައި، ޙާލަތު ދެނެގަނެ، ހެޔޮ ބަދަލުތަކަށް ވަކާލާތު ކުރުމާއިއެކު ކުރިޔަށް ދަމާ ހިންގަވާށެވެ. މިގޮތުގައި ކުރިއަށްދާނަމަ، ޝާމިލު މުޖުތަމައެއް އަޅުގަނޑުމެންނަށް ބިނާ ކުރެވިދާނެއެވެ.އެއީ ހުރިހާ އެންމެންގެ އަގު ވަޒަން ކުރެވޭ އަދި، އެ މީހެއްގެ ފުރިހަމަ ޤާބިލުކަމަށް ވާސިލުވުމަށް ފުރުސަތު ދެވޭ މުސްތަޤުބަލެއް ހޯދައިދެވޭ ފަދަ މުޖުތަމައެކެވެ.

މިއަހަރުގެ އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހު ބްލިސް ކެއަރ ފައުންޑޭޝަނުން ވާނީ ދުނިޔޭގެ އޮކިއުޕޭޝަނަލް ތެރަޕީ ދުވަސްވެސް ފާހަގަކޮށްފައެވެ. އަދި ކުރިއަށްއޮތްތަނުގައި، ބްލިސް ކެއަރ ފައުންޑޭޝަނުން މިފަދަ އިތުރު ދުވަސްތައް ފާހަގަކުރުމަށްވަނީ ނިންމާފައެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.