ބީ.ސީ.ސީގެ އިސްވެރިން ވަޒީރު މާރިޔާއާ ބައްދަލުކުރައްވައިފި
ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީ.ސީ.ސީ) ގެ އިސްވެރިން، އިކޮނޮމިކް މިނިސްޓަރު ޑރ. މަރްޔަމް މާރިޔާއާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވިފައިވަނީ ކުރިއަށް އޮތް ދުވަސްތަކުގައި ބީ.ސީ.ސީން ބޭއްވުމަށް ހަމަޖެހިފައިވާ "ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު" އާ ގުޅޭގޮތުންނެވެ.
މި ބައްދަލުވުމުގައި، އިކޮނޮމިކް މިނިސްޓްރީއާއި ބީ.ސީ.ސީ ގުޅިގެން މައުރަޒުގައި ކުރިއަށް ގެންދެވިދާނެ ޙަރަކާތްތަކާއި، ދެ މުއައްސަސާ ގުޅިގެން މަސައްކަތް ކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ.
ދިވެހި އުފެއްދުންތެރިންނަށް އެމީހުންގެ އުފެއްދުންތައް މާކެޓް ކުރުމަށް ފުރުސަތު ހޯދައިދިނުމަށް ބީ.ސީ.ސީން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މި މައުރަޒަކީ ވަރަށް މުހިންމު ހަރަކާތެއް ކަމުގައި ފާހަގަކުރެވެއެވެ.
މި މައުރަޒަކީ ދިވެހި އުފެއްދުންތެރިންގެ އުފެއްދުންތައް ޢާންމުންނާ ހަމައަށް ގެނެސްދިނުމަށާއި، އުފެއްދުންތެރިންނަށް އިތުރު ފުރުސަތުތައް ހޯދައިދިނުމަށް މަގުފަހިކޮށްދޭނެ ކަމެއްކަމަށް ބެލެވެއެވެ.
ކޮމެންޓް