ހެކި ނެތުމުން ޝަމްނާޒަށް ދަޢުވާ ނުކުރުމަށް ޕީޖީ އޮފީހުން ނިންމައިފި

ޝަމްނާޒް

ޝަމްނާޒު ހައްޔަރުކުރީ ޖޫން މަހުގެ 23 ވަނަ ދުވަހު، އޭނާއާއި އޭނާގެ ކޮއްކޮ ބަންދުން ދޫކޮށްލީ މިދިޔަ މަހުގެ 23 ވަނަ ދުވަހު

އެންވަޔަރަމަންޓް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒް އަލީ ސަލީމަށް ދަޢުވާ ނުކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމައިފިއެވެ.

ޕީޖީގެ މީޑިއާ އޮފިޝަލް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ ޝަމްނާޒަށް ދަޢުވާ ނުކުރުމަށް އެ އޮފީހުން ނިންމީ ދަޢުވާ ކުރުމަށް އެކަށީގެންވާ މިންވަރަށް ހެކި ނެތުމުން ކަމަށެވެ.

ސިހުރު ހެދިކަމަށް ތުހުމަތުކުރާ މައްސަލައިގައި ޝަމްނާޒު ހައްޔަރުކުރީ ޖޫން މަހުގެ 23 ވަނަ ދުވަހެވެ. އޭނާއާއި އޭނާގެ ކޮއްކޮ ބަންދުން ދޫކޮށްލީ މިދިޔަ މަހުގެ 23 ވަނަ ދުވަހެވެ. އެކަމާއި ގުޅުވައިގެން ޝަމްނާޒު ވަނީ ސްޓޭޓް މިނިސްޓަރުކަމުން ސަސްޕެންޑު ކޮށްފައެވެ.

މާލޭ ސިޓީ ކައުންސިލްގެ ހެންވޭރު ދެކުނު ދާއިރާގެ ކައުންސިލަރުގެ މަގާމުގައި ހުންނެވި ޝަމްނާޒު ވަނީ ރައީސް ޑރ. މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމުންއެ މަގާމުން އިސްތިއުފާދެއްވާފައެވެ. އެއަށް ފަހު އޭނާ އައްޔަންކުރެއްވީ ރައީސްގެ ރަސްމީ ގެކޮޅު، މުލިއާގޭގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށެވެ. އޭނާ އެންވަޔަރަމަންޓު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ބަދަލުކުރީ ފަހުންނެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.