ކަނޑުތައް ގަދަވާނެ، ދަތުރުކުރާއިރު ސަމާލުވޭ

ރާއްޖޭގެ ކަނޑުތައް މިއަދުވެސް ގަދަވާނެ

ރާއްޖޭގެ ކަނޑުތައް މިއަދުވެސް ގަދަވާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާ -- މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް އޮފީސް) އިން ހާމަކޮށްފި އެވެ.

ރާއްޖޭގެ މޫސުން މިއަދު އިރުއޮއްސި 6:00 އާ ހަމައަށް ލަފާކުރާ ގޮތާއި ގުޅޭ ގޮތުން މެޓް އޮފީހުން އާންމުކުރި މައުލޫމާތުތަކަށް ބަލާއިރު ދެކުނާއި މެދުރާއްޖެތެރޭގެ ކަނޑުތައް ގަދަވާނެ އެވެ. އަދި އުތުރުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

އުތުރުގައި ރާޅުގެ އުސްމިނުގައި ތިން ފޫޓާއި ފަސް ފޫޓު ހުންނާނެ ކަމަށް ލަފާކޮށްފައިވާއިރު މެދުރާއްޖެތެރެ އާއި ދެކުނުގައި ރާޅުގެ އުސްމިނުގައި ފަސް ފޫޓާއި ހަތް ފޫޓު ހުންނާނެ ކަމަށް މެޓް އޮފީހުން ވަނީ ބުނެފަ އެވެ.

މެޓް އޮފީހުން ބުނީ އެންމެ ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށާއި އެހެން ހިސާބުތަކަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ ކަމަށެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށް ނ. އަތޮޅުން ފެށިގެން ލ. އަތޮޅަށް މިއަދު ހެނދުނު 11:30 އާ ހަމައަށް ވަނީ ވައިޓް އެލާޓް ނެރެފަ އެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.