ދެ ލޯންޗް ޖެހި ހިނގި އެކްސިޑެންޓްގައި ޖުމްލަ 12 މީހަކަށް އަނިޔާވެ ފަރުވާ ދެނީ

ކޮއްދިއްޕަރު ރިސޯޓްގެ ސްޓާފުންނާ

ގުޅީފަޅު ކައިރިން ދެ ލޯންޗެއް ޖެހި އެކްސިޑެންޓުގައި 12 މީހަކަށް އަނިޔާވި ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ، މި އެކްސިޑެންޓްގެ ރިޕޯޓް ލިބިފައި ވަނީ މިރޭ 7:34 ހާއިރު ކަމަށެވެ. ކަނޑުމަތީގައި ހިނގި މި ހާދިސާގައި ހަތަރު މީހަކަށް އަނިޔާވެފައިވާ ކަމަށާއި އަދި އެމީހުން މިހާރު ވަނީ މާލެއަށް ގެނެސްފައި ކަމަށް ފުލުހުން ބުނެއެވެ. އެމީހުނަށް ފަރުވާ ދިނުމަށް ވަނީ އައިޖީއެމްއެޗް އަށް ގެންގޮސްފައި ކަމަށް ވެސް ފުލުހުން ބުނެއެވެ.

12 މީހުންނަށް އަނިޔާ ދދީ ފަރުވާ ދިނުމަށް އައިޖީއެމްއެޗަށް ގެންގޮސްފައިވީ ނަމަވެސް މިއިން އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ނުލިބވޭ ކަމަށް ފުލުހުން ބުނެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެކްސިޑެންޓް ވެފައިވާ ދެ ލޯންޗުގެ ތެރެއިން އެއް ލޯންޗަކީ އއ. މަތިވެރި އަދި އުކުޅަހަށް ފެރީގެ ހިދުމަތް ދެމުން އަންނަ ލޯންޗެއްކެވެ. އަދި ދެވަނަ ލޯންޗަކީ ކޮއްދިއްޕަރު ރިސޯޓުގެ ސްޓާފް ފެރީއެވެ.

މި އެކްސިޑެންޓަގައި ކޮއްދިއްޕަރު ރިސޯޓުގެ ސްޓާފުންނާއެކު ދަތުރުކުރާ ލޯންޗަށް ވަރަށް ބޮޑަށް ވަނީ ގެއްލުން ވެފައެވެ. އެގޮތުން ލޯންޗުގެ އަރިމަތިން ބައެއް ހަލާކުވެ، އެ ދިމާލުގައި ހުރި ދެ ކުޑަދޮރު ވެސް ވަނީ ހަލާކުވެފައެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.