ޅ.ހިންނަވަރު
ޅ.ހިންނަވަރު ރަމްޒުކޮށްދޭ މޮނިއުމެންޓް ފަރުމާކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރިން ކުރެވުނު އިޢުލާން ބާޠިލްކުރުމަށްފަހު، އެ ފުރުޞަތު އަލުން ހުޅުވާލައިފިއެވެ.
ހިންނަވަރު ކައުންސިލުން މިއަދު ނެރުނު އިޢުލާނުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި މަސައްކަތަކީ އަމިއްލަ ޚަރަދުގައި ކުރަންޖެހޭ މަސައްކަތެކެވެ. މީގެ ކުރިން މި މަސައްކަތަށް ކުރެވުނު ނަންބަރު (IUL)326/PRIV/2025/16 އިޢުލާން ވަނީ ބާޠިލްކުރެވިފައެވެ.
މި މަސައްކަތާ ގުޅޭ މަޢުލޫމާތު ކަރުދާސް ވަނީ އިޢުލާނާއެކު އާންމުކޮށްފައެވެ. އަދި އިތުރު މަޢުލޫމާތު ހޯދުމަށް ބޭނުންވާ ފަރާތްތަކަށް ހިންނަވަރު ކައުންސިލްގެ އިކޮނޮމިކް ޑިވެލޮޕްމެންޓް އެންޑް ސޯޝަލް ސަރވިސް ޔުނިޓުން އެ މަޢުލޫމާތު ލިބޭނެ އިންތިޒާމް ހަމަޖެހިފައިވެއެވެ.
މި މަސައްކަތާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކަށް ރަސްމީ ގަޑީގައި 6622719 ނުވަތަ 6620301 ނަންބަރު ފޯނަށް ގުޅުމަށް ނުވަތަ info@hinnavaru.gov.mv އަށް މެއިލް ކުރުމަށް ކައުންސިލުން އަންގާފައިވެއެވެ.
ކޮމެންޓް