ފުލުހަކު މަގުމަތީގަ
މީހަކު ހައްޔަރުކުރާ މަންޒަރު ފޮޓޯ ނެގި ނޫސްވެރިއެއްގެ ފޯނުން ފުލުހުން އެ ފޮޓޯ ޑިލީޓްކުރުވި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
"އަސްލު ޓީވީ" ގެ ނޫސްވެރިޔާ ޝާމާ ޝުއައިބު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ ރޭ 8:26 ހާއިރު މަގުމަތީގައި މީހަކު ހައްޔަރުކޮށްގެން އުޅޭތީ ނޫސްވެރިއެއްގެ ހައިސިއްޔަތުން ދިޔައީ ޕްރެސް ކާޑު ހިފައިގެން ފޮޓޯއެއް ނަގަން ކަމަށެވެ.
ފޮޓޯ ނެގިތަނާ ނޫކުލައިގެ ގަމީހެއްގަ ހުރި ފުލުހަކު އައިސް ފޮޓޯ ޑިލީޓުކުރަން އެންގި. ޕްރެސް ކާޑު ދެއްކީމަ އެވެސް ފޮޅާލާފަ ހަމަ ގަދަ ދައްކާލީ އެ ފޮޓޯ ޑިލީޓު ކުރުވަން،" ޝާމާ ބުނެފައިވެ އެވެ.
މިކަމާ ގުޅިގެން ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ ކުށުގެ ވެށީގައި ފުލުހުން ހަރަކާތްތެރިވާއިރު އެ ތަނެއްގައި ފުލުހުން ކުރަމުންދާ މަސައްކަތަކީ އެ ހާލަތުގައި ހުރިހާ އެންމެންވެސް އެންމެ އިސްކަންދޭން ވާނެ ކަންތައް ކަމަށެވެ.
ޝިފާން ވަނީ ނޫސްވެރިޔާ ރައްދުކޮށްފައިވާ ހާލަތަކީ ފުލުހެއްގެ ނުވަތަ ފުލުހުންތަކެއް އަމަލުކޮށްފައިވާ ގޮތާއިމެދު ހުށަހަޅާފައިވާ ޝަކުވާއެއް ކަމަށް ގަބޫލު ކުރެވޭތީ އެކަން އިތުރަށް ބެލުމަށް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަޑްސް ކޮމާންޑާ ހިއްސާކުރާނެ ކަމަށް ވިދާޅުވެފަ އެވެ.
ކޮމެންޓް