އައިމަން، ރައްޔިތުންނާއި ގާތުން މަސައްކަތުގައި

އަލީ އައިމަން ޓްރެފިކް މައްސަލަތައް ހައްލުކުރަން ވާހަކަ ދައްކަވަނީ

ރައްޔިތުންނާއި ގުޅުންހުރި އެތަކެއް ކަމަކަށް ހައްލު ހޯދުމަށް މަސައްކަތް ކުރަމުން

މާލެ ސިޓީ ކައުންސިލްގެ ހުޅުމާލެ ދާއިރާއަށް އަލަށް އިންތިޚާބު ވެވަޑައިގެން އަލީ އައިމަން ކެންޕެއިން ދުވަސްވަރުވެސް ބުނަމުން އައީ ރައްޔިތުންނާއި ގާތުން މަސައްކަތް ކުރާނެ ކަމަށެވެ. އަދި ރައްޔިތުންގެ އިހުސާސްތަކަށް ބަލައި ރައްޔިތުން ބޭނުންވާ ބަދަލު ގެނެސްދެއްވާނެކަމަށް ވިދާޅުވިއެވެ. ކައުންސިލްގެ މަޤާމަށް އިންތިޚާބުވެވަޑައިގެންނަވާ ވަނީ އަމަލުން އެ ވައުދުތަށް ދައްކަވަމުންނެވެ.

ކައުންސިލްގެ މަޤާމަށް އިންތިޚާބު ވެވަޑައިގަތުމާއެކު ވަނީ ރައްޔިތުންނާއި ގުޅުންހުރި އެތަކެއް ކަމަކަށް ހައްލު ހޯދުމަށް މަސައްކަތް ކުރަމުން އެގޮތުން ހުޅުމާލެ މުނިސިޕަލް ޚިދުމަތްތައް މާލެ ސިޓީ ކައުންސިލާ ހަވާލު ކުރުމުގެ މަޝްވަރާ ބައްދަލުވުމުގައި ވަނީ ބައިވެރިވެފައެވެ. އަދި ހުޅުމާލެގެ މިސްކިތްތަކުގެ ހާލަތު ބަލަން ވަނީ ފަށާފައެވެ. އަދި މިސްކިތް ތަކުގައި ހުރި މައްސަލަތައް ހައްލުކޮށް، މިސްކިތްތަކުގެ ގޯތިތެރޭގައި ގަސް އިންދާ ފެހިކޮށް، މިސްކިތްތައް އަބަދުވެސް ސާފުތާހިރުކޮށް ބެލެހެއްޓުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެކަމަށް އައިމަން ވަނީ ވިދާޅުވެފައެވެ. އަދި ހުޅުމާލެ ކައުންސިލުން އިސްނަގައިގެން، ހުޅުމާލޭގެ މިސްކިތްތައް ހުންނަ ސަރަހައްދުތައް ސާފުކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

މީގެއިތުރުން ހުޅުމާލޭގެ ޓްރެފިކް މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކާ ބެހޭ ގޮތުން ބޭއްވުނު މަޝްވަރާ ބައްދަލުވުމުގައި ބައިވެރިވެވަނީ ވަރަށް ބޭނުންތެރި ކަންތައްތަށް ހިއްސާކުރެއްވިއެވެ. އަދި ހުޅުމާލޭ ރައްޔިތުންގެ ޙައްޤުގައި ކުރަންޖެހުނު ކޮންމެކަމެއް ކުރާނެ ކަމުގެ ޔަގީންކަން ދާއިރާގެ ރައްޔިތުންނަށް އައިމަން ވަނީ ދެއްވާފައެވެ.

މާލެ ސިޓީ ކައުންސިލުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީ ކުރާ ބުޅާ ފެސިލިޓީގެ މަސައްކަތް ކުރަމުންދާ މަސައްކަތް ވަނީ ވަރަށް ގާތުން ބަލަމުންނެވެ. އައިމަން ވަނީ މި ފެސިލިޓީގެ މަސައްކަތް ވަރަށް އަވަހަށް ނިމޭނެކަމަށް ވިދާޅުވެފައެވެ.

މިއީ ކައުންސިލަރެއްގައި ހުންނަން ޖެހޭ އެންމެ މުހިންމު އެއް ސިފައެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.