އަމިއްލަ ޖީބުން ފައިސާ ދައްކަން ޖެހޭ ހުރިހާ ހާލަތެއްގައި، ކުރިއެކޭ އެއްގޮތަށް އާސަންދަ ލިބޭނެ

އާސަންދާ

އަމިއްލަ އިންޝުއަރެންސް ޕޮލިސީއިން ކަވަރޭޖް ނުލިބު، އަމިއްލަ ޖީބުން ފައިސާ ދައްކަން ޖެހޭ ހުރިހާ ހާލަތެއްގައި، ކުރިއެކޭ އެއްގޮތަށް އާސަންދަ ކަވަރޭޖު ލިބޭނެކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ބުނެފިއެވެ.

ޕްރައިވެޓް އިންޝުއަރެންސެއް އޮތް ނަމަ އެ އިންޝުއަރެންސްގެ ލިމިޓް ހަމަވުމުން ނޫން ގޮތަކަށް އާސަންދަ ދޫނުކުރަން ނިންމި ނިންމުމާ ގުޅިގެން އަމިއްލަ ކުންފުނިތަކުން ކޭޝްލެސް ސާވިސް ހުއްޓާލުމާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުންފާޅުކޮށް، ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

މިކަމާއި ގުޅިގެން އެންސްޕާއިން ނެރުނު ބަޔާނުގައި ބުނީ އެއްވެސް ރައްޔިތަކަށް ޕްރައިވެޓް އިންޝުއަރަންސްގެ ކަވަރޭޖު ނުވަތަ ހިދުމަތް ނުލިބޭ ހާލަތެއްގައި ނަމަ އެ ފަރާތްތަކަށް އާސަންދަ ސްކީމުން މިހާރުވެސް ހިދުމަށް ލިބެމުންދާ ގޮތަށް ބޭސްފަރުވާ ހިދުމަތް ލިބިގެންދާނެކަމަށެވެ. އަމިއްލަ ޖީބުން ފައިސާ ދައްކަން ޖެހޭ ހުރިހާ ހާލަތެއްގައި، ކުރިއެކޭ އެއްގޮތަށް އާސަންދު ކަވަރޭޖު ލިބޭނެކަމަށް އެންސްޕާއިން ވަނީ ބުނެފައެވެ.

"މިފަދަ ދަނޑިވަޅެއްގައި ކަމުގެ ހަގީގަތް އޮޅޭ ގޮތަށް އެކި ފަރާތްތަކުން ދޮގު މައުލޫމާތު ހާމަކުރަމުން ދާތީ ކަންބޮޑުވުންފާޅުކޮށް އެންސްޕާއިން ވަނީ މިކަމާއި ގުޅޭ ގޮތުން އިތުރު މައުލޫމާތު ސާފުކުރުމަށް އިލްތިމާސްކޮށްފައެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.