ކަސްޓަމްސްއިން ހިފެހެއްޓި 582 ކިލޯގެ މިޔަރު, މަޑިމަސް ނައްތާލައިފި

ކަސްޓަމްސްއިން ހިފެހެއްޓި 582 ކިލޯގެ މިޔަރު އަދި މަޑިމަސް / ފޮޓޯ: ކަސްޓަމްސް

ކަސްޓަމްސް އިން މިއަދު ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރަން އުޅެނިކޮށް ކަސްޓަމްސްއިން ހިފެހެއްޓި މިޔަރު އަދި މަޑިމަސް ކަސްޓަމްސް އިން ނައްތާލާފައިވަނީ މި މަހުގެ 22 ވަނަ ދުވަހު ކަމަށެވެ.

ކަސްޓަމްސް އިން މައުލޫމާތު ދިން ގޮތުގައި މި ތަކެތި ފެނިފައިވަނީ ރާއްޖޭން ބޭރު ކުރުން މަނާ ތަކެތި ހުރި ކޮންޓެއިނާއެއް ބޭރުކުރަން އުޅުނު ކަމަށް ކަސްޓަމްސް އަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެ ތަކެތި ބަލާ ފާސްކުރުމުގެ ތެރެއިންނެވެ. މި ތަކެތި ނައްތާލާފައިވަނީ ކ. ތިލަފުށި ކުނި ނައްތާލާ ސަރަހައްދުގައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ވަނީ ގަވައިދާއި ހިލާފަށް މިޔަރުގެ މަސްވެރިކަން ކުރާ ފަރާތްތަކުން ހިމާޔަތް ކުރެވިފައިވާ ސަރަހައްދުތަކަށް ވަދެ، މިޔަރު ބާނަމުންދާ ކަމުގެ ޝަކުވާއާއި ރިޕޯޓްތައް މީގެކުރިން ވެސް ލިބިފައިވާ ކަމަށް ބުނެފައެވެ.

މިޔަރުގެ ބައިތައް ރާއްޖެއިން އެކްސްޕޯޓް ކުރަން އުޅުނު މައްސަލަތައް މީގެކުރިންވެސް ވަނީ ފެންމަތިވެފައެވެ. އަދި މި މައްސަލަތަކުގައި އެ ފަރާތްތަކާ މެދު ފިޔަވަޅު އަޅާފައިވާކަމަށްވެސް ކަސްޓަމްސް އިން ވަނީ ބުނެފައެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.