ފްލެޓް ދޫކުރަން އުޅުނު މީހުންނަށް ދައުވާކުރަނީ

ފްލެޓް

000 ފްލެޓް ދޫކުުރުމުގައި އުޅުނު މީހުންގެ މައްޗަށް ދައުވާކޮށްދިނުމަށް ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހުގައި އެދުމަށް ތައްޔާރުވަމުންދާ ކަމަށް އޭސީސީ އިން ބުނެފި އެވެ

އޭސީސީ އިން މިރޭ ނެރުނު ކުރު ބަޔާނެއްގައި ބުނީ މިމައްސަލައިގައި ދައުވާކުރަންޖެހޭ މީހުންނާ މެދު ގޮތެއް ނިންމުމަށް ޕީޖީ އޮފީހާއެކު ރަސްމީކޮށް ޑިއުޓީ ޕްރޮސެކިއުޝަން ފަށާފައިވާ ކަމަށެވެ.

"އާންމު މަސްލަހަތު ބޮޑު މިމައްސަލައިގެ ޑިއުޓީ ޕްރޮސެކިއުޝަންގެ މަރުހަލާ ނިންމައި ދައުވާ ކުރެވޭނެ ފަރާތްތަކުގެ މައްޗަށް ދައުވާކޮށްދިނުމަށް އެދެން ކުރަންޖެހޭ މަސައްކަތްތައް މިކޮމިޝަނުން ވީއެންމެ އަވަހަށް ކުރަމުން ގެންދާނެ ވާހަަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ،" އޭސީސީގެ ބަޔާން ނިންމާލަމުން ބުނެފައިވެ އެވެ.

އެމްޑީޕީގެ ސަރުކާރުގައި ހުޅުމާލޭގައި 4،000 ފްލެޓް އަޅަން ފެށި ނަމަވެސް ވެރިކަން ނިމިގެން ދިޔައިރު އެއްވެސް ފްލެޓެއްގެ މަސައްކަތް އެއްކޮށް ނިންމާލެވިފައެއް ނުވެ އެވެ. ނަމަވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރު ނިމެން ވަރަށް ކުޑަ ދުވަސްކޮޅަކަށް ވެފައި ވަނިކޮށް އެ ސަރުކާރުގައި ވަނީ ފްލެޓް ލިބޭ މީހުންގެ ފައިނަލް ލިސްޓް އާންމުކޮށްފަ އެވެ.

ލިސްޓާ ގުޅިގެން އޭސީސީއަށް ހުށަހެޅުނު ގިނަ މައްސަލަތަކެއް ތަހުގީގު ކުރުމަށްފަހު އޭސީސީ އިން އެކުލަވާލި ރިޕޯޓެއްގައި ވަނީ 4،000 ފްލެޓް ލިބޭ މީހުންގެ ތެރެއިން ޝަރުތު ހަމަވަނީ އެންމެ 20 ޕަސަންޓް މީހުން ކަމަށް ބުނެފަ އެވެ. އެހެންކަމުން އެމްޑީޕީގެ ސަރުކާރުން އެކުލަވާލި ލިސްޓަކީ ސައްހަ ލިސްޓެއް ކަމަށް އޭސީސީ އަކުން ނުދެކެ އެވެ.

އޭސީސީގެ ތުހުމަތުތައް އެމްޑީޕީ ސަރުކާރުގެ އިސްވެރިން ގެންދަނީ ތަކުރާރުކޮށް އިންކާރުކުރައްވަމުންނެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.