ހުއާވޭގެ"ސީޑްސް ފޯ ދަ ފިއުޗަރ" ތަމްރީން ޕްރޮގްރާމަށް ދިވެހި ދަރިވަރުންތަކެއް ޗައިނާއަށް

ސީޑްސް ފޯ ދަ ފިއުޗަރ ތަމްރީން ޕްރޮގްރާމްގައި ބައިވެރިވާ ކުދިންނާއެކު މިނިސްޓަރ މާރިޔާ

ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ދެއްވާފައިވަނީ އެ ދަރިވަރުންގެ ތަޢުލީމީ ފެންވަރާއި ނަތީޖާއަށް ބެލުމަށްފަހުގައި ކަމަށް އެކުންފުނިންވަނީ ބުނެފަ

ޗައިނާގެ ހުއާވޭ ކުންފުނިން ދުނިޔޭގެ އެކި ޤައުމުތަކުގެ ޒުވާނުންނަށް އައިސީޓީ ދާއިރާއިން ތަމްރީނު ފޯރުކޮއްދިނުމަށް "ސީޑްސް ފޮރ ދަ ފިއުޗަރ"ގެ ނަމުގައި ހިންގާ ޕްރޮގްރާމަގައި ދިވެހި 4 ދަރިވަރުން ބައިވެރިވެއްޖެއެވެ.

މި ޕްރޮގްރާމާއި ގުޅޭގޮތުން މަޢުލުމާތު ޙިއްސާކުރުމަށާއި، ޕްރޮގްރާމަށް ހޮވުނު 4 ދިވެހި ދަރިވަރުންގެ އަގުވަޒަންކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގައި މިއަދު ވަނީ ގައި ހަފްލާއެއް ބާއްވައިފިއެވެ.

މި ހަފްލާގައި، "ސީޑްސް ފޮރ ދަ ފިއުޗަރ" ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ލިބުނު ލިބުނު 4 ދަރިވަރުންގެ ނަން ޢިއުލާންކޮށް އެ ދަރިވަރުންނަށް މަރުހަބާ ދަންނަވާފައިވެއެވެ.

ދުނިޔޭގެ އެކި ޤައުމުތަކުގެ ޒުވާނުންނަށް އައިސީޓީ ދާއިރާއިން ތަމްރީނު ފޯރުކޮއްދިނުމަށް ހުޅުވާލި މި ފުރުސަތު ލިބުނު ދިވެހި ދަރިވަރުންގެ ތެރޭގައި ހިމެނެނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގެ ދަރިވަރު، ޔޫސުފް މިޒާން މުޙައްމަދު، އެވިޑް ކޮލެޖްގެ ދަރިވަރު، ހަމްނާ ހުސައިން، ވިލާ ކޮލެޖްގެ ދެ ދަރިވަރުންކަމަށްވާ، އައިޝަތު އަލްޔާ އަދި އައިޝަތު މުޝީރާ އެވެ.

ހުއާވޭ އިން މި ދަރިވަރުންނަށް "ސީޑްސް ފޮރ ދަ ފިއުޗަރ" ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ދެއްވާފައިވަނީ އެ ދަރިވަރުންގެ ތަޢުލީމީ ފެންވަރާއި ނަތީޖާއަށް ބެލުމަށްފަހުގައި ކަމަށް އެކުންފުނިންވަނީ ބުނެފައެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.