މާތް ﷲ އަށް އިތުބާރުކޮށް، އެކަލާނގެ ހަޒުރަތަށް ރުޖޫއަވެގެން މެނުވީ ދެ ދުނިޔޭގައި ވެސް ސަލާމަތެއް ނެތްކަން އެނގޭ: ޚުތުބާ

އިސްލާމީ މަރުކަޒުގައި ހުކުރު ނަމާދުކުރަނީ

އާޝޫރާ ދުވަހުގެ ހާދިސާއިން ލިބޭ އެންމެ މުހިންމު ފިލާވަޅަކީ މާތް ﷲ އަށް އީމާންވާ މީސްތަކުންނާއި އެކަލާނގެ ނަބިއްޔުންނާއި ރަސޫލުން، ބޮޑެތި މުސީބާތްތަކުން ސަލާމަތްކުރައްވާ ގޮތް އެނގި، އީމާންކަން ހަރުދަނާ ކުރުމަށް މަސައްކަތް ކުރުމުގެ ފިލާވަޅު ކަމުގަ

މާތް ﷲ އަށް އިތުބާރުކޮށް، އެކަލާނގެ ހަޒުރަތަށް ރުޖޫއަވެގެން މެނުވީ ދެ ދުނިޔޭގައި ވެސް ސަލާމަތެއް ނެތްކަން އެނގޭ ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

"އާޝޫރާ ދުވަހުގެ މާތްކަން" މި މައުޟޫއަށް މިއަދުކީ ހުތުބާގައި ބުނީ، އާޝޫރާ ދުވަހަކީ ފިރުއައުނާއި އޭނާގެ ލަޝްކަރު ޣަރަގު ކުރެއްވި ދުވަސް ކަމަށެވެ. މި ހާދިސާއަށް އަލިއަޅުވާލާ ހުތުބާގައި ބުނީ، ބަނީ އިސްރާއީލު ބާގައިގެ މީހުން ސިއްރިއްޔާތުގައި މިސްރުން ނުކުތުމުން، ފިރުއައުނު އޭނާގެ ލަޝްކަރު އެއްކޮށް، މޫސާގެފާނާއި އެކަލޭގެފާނުގެ ގައުމު މުޅިން ނައްތާލުމަށް ނުކުތްކަމަށެވެ.

"މާތްﷲ ކަނޑު ހިއްކަވައިދެއްވުމުން ބަނީ އިސްރާއީލު ބާގައިގެ ބާރަ ގަބީލާގެ މީހުން އެއިން ކޮންމެ ބަޔަކަށް ހާއްސަ ކުރެވިގެންވާ މަގުން ކަނޑު ކުރަސްކޮށް ސީނާއަށް ދިޔައެވެ. ފިރުއައުނު އޭނާގެ ލަޝްކަރު ބަނީ އިސްރާއީލު ބާގައިގެ މީހުންގެ ފަހަތުން ދިޔައެވެ. ނަމަވެސް އެ މަގުން ފިރުއައުނުގެ ލަޝްކަރު ދަތުރުކުރާން ފެށިތަނާ ކުޑަ ހިނދުކޮޅެއްގެތެރޭގައި އެ ކަނޑު ކުރިން އޮތް ގޮތަށް މާތްﷲ ބަދަލުކުރެއްވިއެވެ،" ޚުތުބާގައި ބުންޏެވެ.

މިއަދުގެ ޚުތުބާގައި ބުނި ގޮތުގައި އާޝޫރާ ދުވަހުގެ ހާދިސާއިން ލިބޭ އެންމެ މުހިންމު ފިލާވަޅަކީ މާތް ﷲ އަށް އީމާންވާ މީސްތަކުންނާއި އެކަލާނގެ ނަބިއްޔުންނާއި ރަސޫލުން، ބޮޑެތި މުސީބާތްތަކުން ސަލާމަތްކުރައްވާ ގޮތް އެނގި، އީމާންކަން ހަރުދަނާ ކުރުމަށް މަސައްކަތް ކުރުމުގެ ފިލާވަޅު ކަމުގައެވެ. މިފަދަ ހާދިސާތަކުން އެނގެނީ މުސީބާތްތަކުން ސަލާމަތް ވެވޭނީ އީމާންކަމާއި އިސްލާމްކަމުން ކަމުގައެވެ. އަދި އާހިރަތުގައި ނަސްރާއި ނަސީބު ލިބުމުގެ މަގަކީ އެއީ ކަމަށާއި މާތް ﷲ އަށް އިތުބާރުކޮށް، އެކަލާނގެ ހަޒުރަތަށް ރުޖޫއަވެގެން މެނުވީ ދެ ދުނިޔޭގައި ވެސް ސަލާމަތެއް ނެތްކަން އެނގޭ ކަމުގައެވެ.

ޚުތުބާގައި ބުނީ، އާޝޫރާ ދުވަހު ރޯދަ ހިފުމުގެ ތިން ދަރަޖައެއް ވާކަމަށެވެ. އޭގެތެރެއިން އެންމެ ފުރިހަމަ ދަރަޖައަކީ، އާޝޫރާ ދުވަހާއެކު އެއް ދުވަސް ކުރިންނާއި އެއް ދުވަސް ފަހުން ރޯދަ ހިފުން ކަމަށް ޚުތުބާގައި ބުންޏެވެ.

"އޭގެ ފަހުން އަންނަ ދަރަޖައަކީ ނުވަވަނަ ދުވަހާއި ދިހަވަނަ ދުވަހު ރޯދަ ހިފުމެވެ. އެއީ ގިނަ ހަތީޘްތަކުން ދޭހަވާ ގޮތެވެ. އޭގެ ފަހުން އަންނަ ދަރަޖައަކީ ދިހަވަނަ ދުވަހު އެކަނި ރޯދަ ހިފުމެވެ،" ޚުތުބާގައި ބުންޏެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.