ސުޢޫދީ ޢަރަބިއްޔާއިން ވަޑައިގަތް ދެ ޢިލްމުވެރީންނާއެކު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދާއެކު
މަދީނާގެ އިސްލާމިކް ޔުނިވަރސިޓީގެ ޕްރޮފެސަރ އަދި އަލްމަސްޖިދުއްނަބަވީގެ މުދައްރިސެއްކަމުގައިވާ އަލްއުސްތާޒު ޑރ. ޢަބްދުއްސަލާމް އައްސުޙައިމީއާއި އިމާމު މުހައްމަދު ބުނު ސުޢޫދު ޔުނިވަރސިޓީގެ ޕްރޮފެސަރއެއްކަމުގައިވާ ޑރ. ޢާދިލް އައްސުބައިޢީ
އިސްލާމީ އަޤީދާގެ ދެވަނަ ދައުރާގެ ދަންފަޅިތައް ނަންގަވައިދެއްވުމަށް ޓަކައި ސުޢޫދީ ޢަރަބިއްޔާއިން ވަޑައިގަތް ދެ ޢިލްމުވެރީން، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދާ ބައްދަލުކުރައްވައިފިއެވެ.
ސައުދީ އަރަބިއްޔާގެ އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއާއި ދިވެހިރާއްޖޭގެ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ ގުޅިގެން ކުރިއަށް ގެންދާ އިސްލާމީ އަޤީދާގެ ދައުރާއަށް މި ފަހަރު ވަޑައިގަތީ މަދީނާގެ އިސްލާމިކް ޔުނިވަރސިޓީގެ ޕްރޮފެސަރ އަދި އަލްމަސްޖިދުއްނަބަވީގެ މުދައްރިސެއްކަމުގައިވާ އަލްއުސްތާޒު ޑރ. ޢަބްދުއްސަލާމް އައްސުޙައިމީއާއި އިމާމު މުހައްމަދު ބުނު ސުޢޫދު ޔުނިވަރސިޓީގެ ޕްރޮފެސަރއެއްކަމުގައިވާ ޑރ. ޢާދިލް އައްސުބައިޢީއެވެ.
މި ބައްދަލުކުރެއްވުމުގައި ވަޒީރު ވަނީ ދެ ޢިލްމުވެރީން ރާއްޖެއަށް ވަޑައިގަތްކަމަށް ޓަކައި ދެ ޢިލްމުވެރީންނަށް ޝުކުރު އަދާކުރައްވައިފައެވެ. މި ބައްދަލުކުރެއްވުމުގައި މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލްއަޢުޡަމްގެ އިސް އިމާމު ފަޟީލަތުއްޝައިޚް މުޙައްމަދު ލަޠީފު ވެސް ބައިވެރިވެވަޑައިގަތެވެ.
ކޮމެންޓް