ނައިބު ރައީސް ދަތުރުކުރެއްވި ފްލައިޓެއްގައި ބޮމުގެ އިންޒާރެއް!

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ބްލޫ ޕްލެނެޓް އެލަޔަންސް ފެލޯޝިޕް ޕްރޮގްރާމް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަނީ --

ނައިބު ރައީސް ހުސެން މުހައްމަދު ލަތީފު، އެމެރިކާގައި ދަތުރުކުރެއްވި މަތިންދާބޯޓެއްގައި ބޮމުގެ އިންޒާރެއް ހުއްޓާ ފެނިގެން އެ ބޯޓު އަނބުރާ ޖައްސައިފިއެވެ.

ޔުނައިޓެޑު އެއާލައިންސުން ވަނީ ހަވާއީގެ ހޮނޮލުލޫ އިން ލޮސް އެންޖެެލިސްއަށް ދަތުރުކުރި ޔުނައިޓެޑް އެއާލައިންސްގެ ފާހާނާއެއްގެ ލޯގަނޑުގައި ހުރި ލިޔުމަކާ ގުޅިގެން ސަލާމަތީ ފިޔަވަޅެއްގެ ގޮތުން އެ ބޯޓު އަނބުރާ ޖައްސާފައިވާ ކަމަށް ބުނެފައެވެ. މި ބޯޓުގައި ނައިބު ރައީސް ދަތުރު ކުރައްވާފައި ވަނީ ކުދި ޖަޒީރާ ގައުމުތަކުގައި އިއާދަކުރަނިވި ހަކަތައިގެ ޓެކްނޮލޮޖީތައް ބޭނުން ކުރަން ހިތްވަރުދޭ ޖަމްއިއްޔާއެއް ކަމަށްވާ ބްލޫ ޕްލެނެޓް އެލަޔަންސްގެ ދައުވަތަކަށެވެ.

ޔުނައިޓެޑު އެއާލައިންސް އާއިނ ހަވާލާދީ ބޭރުގެ ނޫސްތަކުގައި ރިޕޯޓުކޮށްފައި ވާގޮތުން އެ އެއާލައިނުގެ ބޯޓުގެ ފާހާނާ އިން ފެނުނު އިންޒާރުގެ ލިޔުމާ އެކު ބޯޓު އަނބުރާ އިމަޖެންސީގައި ޖައްސަން ޖެހުނީ ކަމަށާއި، މި ހާދިސާ ހިނގާފައިވަނީ ޔުނައިޓެޑް އެއާލައިންސްގެ ފްލައިޓް 1169ގައި ކަމަށެވެ.

މި ހާދިސާ ހިނގާފައިވަނީ ނައިބު ރައީސް ހަވާއީއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި ރާއްޖެ އަށް ވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅުގަ އެވެ. އެއާއެކު ނައިބު ރައީސް ދެން ވަޑައިގަތީ އެހެން ފްލައިޓެއްގައެވެ.

އެ ވަގުތު މި ބޯޓުގައި 339 ފަސިންޖަރުންނާއި 10 ކުރޫ މެންބަރުން ތިބި ކަމަށާއި، މި ހާދިސާ އެފްބީއައި އިން ތަހުގީގު ކުރަމުންދާކަމަށްވެސް ވަނީ ރިޕޯޓު ކޮށްފައެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.