މި އަހަރުގެ މިހާތަނަށް 104 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ފުލުހުން އަތުލައިގެންފި

މި އަހަރުގެ މިހާތަނަށް 104 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ފުލުހުން އަތުލައިގެންފި

ފުލުހުން މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަތްއިރު ކަސްޓަމުން ވެސް ވަނީ 35 މިލިއަން ރުފިޔާށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވާފައި

މި އަހަރުގެ މިހާތަނަށް މަގުމަތީ އަގުން ބަލާ ނަމަ 104 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ހޯމްލޭންޑް ސެކިއުރިޓީ އިން މިއަދު ބޭއްވި ނޫސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަހްމަދު ނާފިޒް ވިދާޅުވީ މި އަހަރުގެ މިހާތަނަށް 19 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ.

 މިއަދުގެ ނޫސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ނާފިޒް ވަނީ މިދިޔަ އޭޕްރިލް މަހު ފުލުހުން ކުރިއަށް ގެންދިޔަ މަސްތުވާތަކެތީގެ އޮޕަރޭޝަންތަކުގެ ތަފްސީލް ހިއްސާކުރައްވައިފަ އެވެ.

ނާފިޒް ވިދާޅުވީ މިދިޔަ އޭޕްރިލް މަހު

  • މަސްތުވާތަކެއްޗާ އެކު 70 ދިވެހިން ފުލުހުންގެ ބެލުމުގެ ދަަށަށް ގެންގޮސްފައިވޭ، މިއަހަރުގެ މިހާތަނަށް 260 މީހުން

  • މަސްތުވާތަކެއްޗާ އެކު ހަތް ބިދޭސީން ފުލުހުންގެ ބެލުމުގެ ދަަށަށް ގެންގޮސްފައިވޭ، މި އަހަރުގެ މިހާތަނަށް 16 ބިދޭސީން

  • މަސްތުގެ ހާލުގައި ތިބި ފަސް ދިވެހިން ފުލުހުންގެ ބެލުމުގެ ދަަށަށް ގެންގޮސްފައިވޭ، މި އަހަރުގެ މިހާތަނަށް 61 ދިވެހިން

  • މަސްތުގެ ހާލުގައި ހަ ބިދޭސީން ފުލުހުންގެ ބެލުމުގެ ދަަށަށް ގެންގޮސްފައިވޭ، މި އަހަރުގެ މިހާތަނަށް 55 ބިދޭސީން

  • 12 އޮޕަރޭޝަނެއް ހިންގާފައިވޭ، މި އަަހަރުގެ މިހާތަނަށް 56 އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވޭ

  • ދެ ޑްރަގް ކާޓަލް އަތުލައިގެންފައިވޭ، މިއަހަރުގެ މިހާތަނަށް 5 ޑްރަގް ކާޓަލް އަތުލައިގެންފައިވޭ

މިއަދުގެ ނޫސްކޮންފަރެންސްގައި ބައިވެރިވެ ވަޑައިގެން ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރު އޮފް ކަސްޓަމްސް އިބްރާހިމް މަފާޒް ވެސް ވަނީ ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެ ކުރުން ހުއްޓުވާފައި ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން މާޗު މަހުގެ 1 އިން މި މަހުގެ 10 އަކަށް 22 ކިލޯގެ މަސްތުވާތަކެތި ރާއްޖެ އެތެރެ ކުރަން އުޅެނިކޮށް ހޯދާފައިވާ ކަމަށެވެ.

"މިއީ ވިޔަފާރި ކުރެވުން ނަމަ 35 މިލިއަން ރުފިޔާގެ ސްޓްރީޓް ވެލިއު ހުރި ތަކެތި،" މަފާޒް ވިދާޅުވި އެވެ.

މިއީ 12 މައްސަލައަކުން ހޯދާފައިވާ ތަކެތިކަން އިހުސާން ފާހަގަ ކުރެއްވި އެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.