އައިސީޖޭގައި ހިނގާ މައްސަލައިގެ އަޑުއެހުމެއް
ފަލަސްތީނަށް ބޭނުންވާ އެހީ ފޯރުކޮށްދިނުމަށް (އައިސީޖޭ) ގެ އިސްތިޝާރީ ލަފައަކަށް އެދި ހުށަހެޅި ގަރާރަށް ރާއްޖެއިން ތާއީދުކޮށްފި އެވެ.
ފަލަސްތީނަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދިނުމާ ބެހޭ ގޮތުން އދ އާއި ބައިނަލްއަގްވާމީ ޖަމުއިއްޔާތަކާއި އެހެން ގައުމުތަކުން ކުރިއަށްގެންދާ ހަރަކާތްތަކާ ގުޅިގެން އިސްރާއިލުން އުފުލަން ޖެހޭ ޒިންމާތަކާ ބެހޭ ގޮތުން އައިސީޖީ އިސްތިޝާރީ ލަފައަކަށް އެދި ހުށަހެޅި ގަރާރު މިދިޔަ ބުރާސްފަތި ދުވަހު އދގެ އާއްމު މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ.
އެ ގަރާރު ހުށަހަޅާފައިވަނީ ނޯވޭގެ އިސްނެގުމާއެކު، އެހެން ގައުމުތައް ހިމެނޭ ގްރޫޕަކުންނެވެ. ރާއްޖެއިން އެ ގަރާރު ކޯ ސްޕޮންސާކޮށްފައިވާއިރު އެ ގަރާރު ފާސްކޮށްފައިވަނީ ރާއްޖެ ހިމެނޭހެން 137 މެމްބަރު ގައުމުގެ ވޯޓާއެކުގަ އެވެ.
ކޮމެންޓް