ޒަކިއްޔާގެ މަރުގެ މައްސަލަ، މަޖިލީހަށް ބަލައިދިނުމަށް އެދިއްޖެ

ޒަކިއްޔާ މޫސާ

ނ. ހޮޅުދޫގައި ޒަހަމްތަކާއެކު މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ މަރުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީ، (241) ކޮމިޓީން ބަލައިދިނުމަށް އެދިއްޖެއެވެ.

މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއަށް އެޑްރެސްކޮށް، ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ފޮނުއްވި ސިޓީގައި ވިދާޅުވީ އެ މަރުގެ ތަހުގީގު އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުދާ ކަމަށް ބުނެ އެ ރަށުގެ ގިނަ ރައްޔިތުން އަޑު އުފުލަމުން އަންނަ ކަމަށެވެ.

ޒަކިއްޔާ މަރުވިއިރު ހަށިގަނޑުގައި ހުރި ޒަހަމްތަކެއް ހުރި ނަމަވެސް އެއީ މީހަކު ކުރިކަމެއް ކަމުގެ ހެއްކެއް ނެތް ކަމަށް ފުލުހުން ބުނުމަށްފަހު ތަހުގީގާ ގުޅޭ އެކަށީގެންވާ މައުލޫމާތު ފުލުހުން އާންމު ނުކުރުމަކީ އެ ރަށުގެ ރައްޔިތުންގެ ކަންބޮޑުވުމެއްގެ ގޮތުގައި މި ސިޓީގައި ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން ކުޑޫގެ ސިޓީގައިވަނީ ޒަކިއްޔާގެ މަރުގެ ހަގީގަތް ދެނެނުގަނެވި ދިގު މުއްދަތެއް ފާއިތުވަމުންދާނަމަ އެކަމުގެ ފަހަތުގައި ޝާމިލްވާ ފަރާތްތައް އިންސާފާ ހަމައަށް ގެނައުމަށް ހުރަސްއެޅޭނެކަން ފާހަގަކޮށްފައެވެ. އެ މަރަށް އެކަށީގެންވާ ސަމާލުކަމެއް ކަމާބެހޭ އިދާރާތަކުން ނުދޭކަމުގެ ޝަކުވާ ރައްޔިތުންގެ އޮތްއިރު، ހޮޅުދޫ އޮތީ ބިރުވެރިކަމެއްގެ ތެރޭގައިކަމަށްވެސް މި ސިޓީގައި ބަޔާން ކޮށްފައިވެއެވެ.

އަދި ރާއްޖޭގެ ރަށެއްގައި އެފަދަގޮތަކަށް ކަންވެގެން ދިޔުމަކީ އެއްގޮތަކަށް ވެސް ގަބޫލުކުރެވޭނެ ކަމެއް ނޫންކަމަށާއި، އެކަން އެގޮތުގައި ދޫކޮށްލައިފިނަމަ މާދަމާ ކަންވާނޭގޮތް ވިސްނާލަން ވެސް ދަތިކަމަށް މި ސިޓީގައި ވިދާޅުވެފައިވެއެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.