ތަމްރީނު ހޯދަމުގެ ލޯނަށް ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 30 ވަނަ ދުވަހާ ހަމައަށް

އެޕްލިކޭޝަން ހުށަހެޅުމުގެ މަސައްކަތް ކުރިއަށް ދަނީ

ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތައުލީމާއި ތަމްރީނު ހޯދަން ލޯނު ދިނުމަށް އެދި އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިނިސްޓްރީ އޮފް ހަޔާ އެޑިޔުކޭޝަން، ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްއިން ބުނީ މި ސްކީމްގެ ދަށުން 500 ފުރުސަތު ހުޅުވާލާފައިވާކަމަށެވެ.

މި ސްކީމުގެ ދަށުން ލޯނު ދިނުމަށް ހަމަޖެހިފައިވަނީ 2 ގިންތިއަކަށެވެ.

1- އަލަށް ކިޔަވަންފަށާ ފަރާތްތައް: އަލަށް ކިޔަވަންފަށާ ފަރާތްތަކުގެ ގޮތުގައި ބަލާނީ ލޯނުގެ ފުރުސަތު ހުޅުވާލުމަށް ކުރާ އިއުލާނުގެ އެޕްލިކޭޝަން ހުށަހެޅުމަށް ދީފައިވާ ސުންގަޑިއާ ހަމަޔަށ،ް މަތީތައުލީމުދޭ މަރުކަޒެއްގައި ކިޔެވުމަށް ރަޖިސްޓްރީވެފައި ނުވާ ނުވަތަ ޓިއުޝަންފީ ދައްކައިފައި ނުވާ ފަރާތްތަކެވެ.

2- މިހާރު ކިޔަވަމުންދާ ފަރާތްތައް: މިހާރު ކިޔަވަމުންދާ ފަރާތްތަކުގެ ގޮތުގައި ބަލާނީ ލޯނުގެ ފުރުސަތު ހުޅުވާލުމަށްކުރާ އިއުލާނުގައި އެޕްލިކޭޝަން ހުށަހެޅުމަށް ދީފައިވާ ސުންގަޑީގެ ކުރިން، މަތީތައުލީމުދޭ މަރުކަޒެއްގައި ކިޔެވުން ފަށާފައިވާ ފަރާތްތަކެވެ.

މިނިސްޓްރީން ބުނީ މިއީ މަތީ ތައުލީމާއި ތަމްރީނަށް ދޭ ލޯނު އެހީ ގެ ދަށުން ކަނޑައެޅިފައިވާ ޕްރޮގްރާމުގެ މުއްދަތުގައި ދަރިވަރުގެ އިހްތިޔާރުން ބޭރުން ދިމާވާ ސަބަބަކާހުރެ ޕްރޮގްރާމް ފުރިހަމަ ނުކުރެވި ތިބި ދަރިވަރުންނާއ،ި ފުރިހަމަކުރި ޕްރޮގްރާމާ ގުޅިގެން ހަދަންޖެހޭ އިންޓާންޝިޕް ހެދުމަށް ދަރިވަރުންނަށް އެހީތެރިވުމުގެ ގޮތުން ޓޮޕްއަޕް ލޯނު ދިނުމަށް ހުޅުވާލެވިފައިވާ ފުރުސަތެއް ކަމަށެވެ.

މި ލޯނު ސްކީމުގެ ދަށުން ޓޮޕްއަޕް ލޯނު ދިނުމަށް ހަމަޖެހިފައިވަނީ 7 ލައްކަ ރުފިޔާ އަށް ވުރެ ބޮޑުނުވާ އަދަދަކަށް ކަމަށް މިނިސްޓްރީންވަނީ ބުނެފައެވެ.

ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމާއި ތަމްރީނު ހޯދަން ލޯނު ދިނުމަ ށް އެދި އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ އެޕްރިލް 30، 2025 ވާ ބުދަ ދުވަހުގެ 13:30 އެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.