ސްރީލަންކާގެ އިންތިހާބު ކާމިޔާބު ކުރެއްވި އަނުރާއަށް ރައީސް ޑރ. މުޢިއްޒު ތަހުނިޔާ ވިދާޅުވެއްޖެ

އަނުރަ ކުމާރަ ޑިސާނަޔަކަ

އަނުރަ ކުމާރަ ޑިސާނަޔަކަ ވަނީ 42.31 އިންސައްތަ އާއެކު އިންތިޚާބު ކާމިޔާބު ކުރައްވާފަ

ސްރީލަންކާގެ އިންތިހާބު ކާމިޔާބު ކުރެއްވި އަނުރަ ކުމާރަ ޑިސާނަޔަކަ އަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަހުނިޔާ ވިދާޅުވެއްޖެއެވެ.

އަނުރާގެ ކާމިޔާބީ ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އަނުރާއަށް ތަހުނިޔާ ވިދާޅުވެފައެވެ. އެމަނިކުފާނު ވަނީ އަވަށްޓެރި ގައުމެއްގެ ހައިސިއްޔަތުން ދެގައުމުގެ ގުޅުން ބަދަހި ކުރުމަށް އެކުގައި މަސައްކަތް ކުރައްވަން ހުންނެވިކަމަށްވެސް ވިދާޅުވެފައެވެ.

ހޮނިހިރު ދުވަހު ސްރީލަންކާގައި ކުރިއަށްދިޔަ ރިޔާސީ އިންތިހާބުގައި އަނުރަ ކުމާރަ ދިސާނަޔަކަ އާއި ވާދަކުރެއްވި އިދިކޮޅު ލީޑަރ ސަޖިތު ޕްރެމަދާސާ އަށް ލިބިފައިވަނީ 32.76 އިންސައްތަ ވޯޓެވެ. ހަމަ މިއިންތިހާބުގައި ވާދަކުރެއްވި މިހާރުގެ ރައީސް ރަނިލް ވިކްރަމަސިންހަ އަށް 17.27 އިންސައްތަ ވޯޓު ލިބިފައިވާއިރު، ކުރީގެ ރައީސް ރާޖަ ޕަކްޝަގެ ދަރިކަލުން ނަމާލް ރާޖަޕަކްސަ ލިބިފައިވަނީ އަށް 2.57 އިންސައްތަ ވޯޓެވެ. އަދި އަނުރަ ކުމާރަ ޑިސާނަޔަކައަށް ލިބިފައިވަނީ 42.31 އިންސައްތައެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.