ކުވެއިތަށް ކަނޑައެޅުއްވި ސަފީރު އެ ގައުމުގެ ހާރިޖީ ވަޒީރަށް ފަތްކޮޅު އަރުވައިފި

ކުވެއިތަށް ކަނޑައެޅުއްވި ސަފީރު އެ ގައުމުގެ ހާރިޖީ ވަޒީރަށް ފަތްކޮޅު އަރުވައިފި 1

މި ރަސްމިއްޔާތު ބާއްވާފައިވަނީ އިއްޔެ މެންދުރު ކުވެއިތުގެ ފޮރިން މިނިސްޓްރީގަައެވެ.

ސައޫދީ ޢަރަބިއްޔާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަހްމަދު ސަރީރު، ދިވެހިރާއްޖެއިން ކުވެއިތަށް ކަނޑައަޅުއްވާ ނޮން-ރެސިޑެންޓް ސަފީރުކަމުގެ ފަތްކޮޅު ކުވެއިތުގެ ޚާރިޖީ ވަޒީރު އަބްދުالله އަލީ އަބްދުﷲ އަލް-ޔަހްޔާއަށް މިއަދު އަރުވައިފިއެވެ.

ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށްފަހު ކުވެއިތުގެ ހާރިޖީ ވަޒީރާއެކު ބޭއްވެވި ބައްދަލުވުމުގައި ސަފީރު އަހްމަދު ސަރީރު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން ކުވެއިތުގެ ލީޑަޝިޕަށާއި، ކުވެއިތު ސަރުކާރަށާއި ރައްޔިތުންނަށް ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ.

އޭގެ އިތުރުން، ދިވެހިރާއްޖެއާއި ކުވެއިތާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުމަށް ރިޔާއަށްކުރައްވާ، ތަރައްގީގެ ތަފާތު މަޝްރޫއުތަކަށް ކުވެއިތުން ވެދެއްވާ އެހީތެރިކަން ފާހަގަކުރައްވައި އެކަމަށް ޝުކުރު އަދާ ކުރައްވާފައެވެ. އަދި ދިވެހިރާއްޖެއާއި ކުވެއިތާއި ދެމެދު އޮތް ގުޅުން އެމަނިކުފާނުގެ ސަފީރުކަމުގައި އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން ވަނީ އަރުއްވާފައެވެ.

ކުވެއިތުގެ ހާރިޖީ ވަޒީރުގެ ވާހަކަފުޅުގައި ސަފީރުކަމުގެ އައު ދައުރު ފެއްޓެވުމާއި ގުޅިގެން ސަފީރު ސަރީރުއަށް މަރުހަބާ ވިދާޅުވިއެވެ. އަދި ދިވެހިރާއްޖޭއިން ކުވެއިތަށް ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެސިޑެންޓް ސަފީރުގެ ހައިސިއްޔަތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް އަދާކުރެއްވުމުގައި ކާމިޔާބީއަށް އެދިވަޑައިގަންނަވާކަން ހާމަކުރެއްވިއެވެ.

ފަތްކޮޅުއެރުވުމުގެ ރަސްމިއްޔާތުގައި، ސަފީރު އަހްމަދު ސަރީރުގެ އަރިހުގައި ސައޫދީ އަރަބިއްޔާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ކައުންސެލާ، އަހުމަދު ފަޒީލް ބައިވެރިވެވަޑައިގަތެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.