ހދ. ނޮޅިވަރަންފަރުގައި އަޅާ އައު މިސްކިތުގެ ޤިބުލަ ފާހަގަކުރުމުގެ މަސައްކަތް ފަށައިފި

އިސްލާމިކް މިނިސްޓްރީގެ މުވައްޒަފަކު ޤިބުލަ ފާހަގަ ކުރަނީ

ހދ. ނޮޅިވަރަންފަރުގައި އަމިއްލަ ފަރާތަކުން އަޅަމުންދާ އައު މިސްކިތުގެ ޤިބުލަ ފާހަގަކުރުމުގެ މަސައްކަތް މިހާރުވަނީ ފެށިފައެވެ.

މި މަސައްކަތް ކުރިއަށްގެންދަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ އައުޤާފް އެންޑް އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް ސެކްޝަންގެ މުވައްޒަފުންނެވެ.

IMG_3953.jpeg

މިސްކިތުގެ ޤިބުލަ ފާހަގަކުރުމަކީ މިސްކިތް އިމާރާތްކުރުމުގައި އެންމެ މުހިންމު އެއް މަސައްކަތެވެ. މިގޮތުން ޤިބުލަ ފާހަގަކުރުމުގައި ޒަމާނީ ވަސީލަތްތަކާއި ޓެކްނޮލޮޖީގެ އެހީގައި އެންމެ ސައްހަ މިސްރާބު ދެނެގަނެވޭނެއެވެ.

އިސްލާމިކް މިނިސްޓްރީން މަޢުލޫމާތު ދެއްވިގޮތުގައި، މިސްކިތް އިމާރާތްކުރުމުގެ މަސައްކަތް ކުރިއަށްދަނީ ރަށުގެ އަމިއްލަ ފަރާތަކުން ކުރިއަށްގެންދާ މަޝްރޫޢެއްގެ ދަށުންނެވެ. އަދި މިނިސްޓްރީގެ ފަންނީ އެހީތެރިކަން މި މަޝްރޫޢަށް ފޯރުކޮށްދެމުން ގެންދާ ކަމަށްވެސް ވިދާޅުވިއެވެ.

މިސްކިތް އިމާރާތްކުރުމުގެ މަސައްކަތް ނިމުމުން، ރަށުގެ ރައްޔިތުންނަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އުންމީދުކުރެވެއެވެ. އަދި މިސްކިތުގެ ޚިދުމަތް ފެށުމުން ރަށުގެ އާބާދީއަށް އަންނަމުންދާ ކުރިއެރުމާއެކު ދިމާވެފައިވާ ޖާގައިގެ ދަތިކަން ޙައްލުވެގެންދާނެއެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.