އެމްޕީއެލުން ޑޮކްޔާޑެއް ތަރައްޤީކުރުމަށް އެއްބަސްވުމުގައި ސޮއިކޮށްފި

ހއ. އިހަވަންދޫގައި ޑޮކްޔާޑެއް ތަރައްޤީކުރުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް

ހއ. އިހަވަންދޫގައި ޑޮކްޔާޑެއް ތަރައްޤީކުރުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލާއި އެ ރަށު ކައުންސިލުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި ޑޮކްޔާޑް ތަރައްޤީކުރުމަށް މިހާރު އެރަށުން ވަނީ ބިންވެސް ހަމަޖެހިފައެވެ.

މި އެއްބަސްވުމުގައި އެމް.ޕީ.އެލްގެ ފަރާތުން ސޮއިކުރެއްވީ ސީ.އީ.އޯ މުޙައްމަދު ވަޖީހް އިބްރާހީމެވެ. އަދި އިހަވަންދޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ އެ ކައުންސިލްގެ ރައީސް އަޙްމަދު ޞަބާޙްއެވެ.

އެމް.ޕީ.އެލްގެ ސީއީއޯ އިބްރާހިމް ވަޖީހު ވިދާޅުވީ، އަމާޒަކީ އަންނަ އަހަރުގެ ކުރީކޮޅު ޑޮކްޔާޑްގެ މަސައްކަތް ފެށުންކަމަށެވެ. ޑޮކްޔާޑު ތަރައްޤީކުރުމަށް އިހަވަންދޫއިން 1 ލައްކަ އަކަފޫޓުގެ ބިމެއް ވަނީ ހަމަޖެހިފައެވެ.

އެމްޕީއެލްގެ ސީއީއޯ ވިދާޅުވީ، މި ސަރުކާރުން ރާއްޖޭގައި ބަންކަރިންގެ ޚިދުމަތް ފެށުމާއިއެކު މި ސަރަހައްދުން ދަތުރުކުރާ ބޭރުގެ އުޅަނދުތަކުގެ ފަރާތުން ޓެކްނިކަލް އެކިއެކި ކަންކަމަށް ރިކުއެސްޓް އަންނަކަމަށެވެ. އެހެންކަމުން މި ޑޮކްޔާޑުން އެ އުޅަނދުތަކަށް ޓެކްނިކަލް ސަޕޯޓް ލިބިގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ. އޭގެތެރޭގައި ރިޕެއަރ އެންޑް މެއިންޓަނަންސްގެ ޚިދުމަތް އޭނާ ފާހަގަކުރެއްވިއެވެ.

މީގެއިތުރުން އެ ސަރަހައްދަކީ މަސްވެރި އުޅަނދުތައް ގިނަ ސަރަހައްދަކަށްވުމުން އެ ސަރަހައްދުން ޑޮކިންގެ ޚިދުމަތް ލިބޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށް ގިނަ އަދަދެއްގެ މަސްވެރިން އެދެމުންދާކަމަށްވެސް ވަޖީހު ވިދާޅުވިއެވެ. އެހެންކަމުން މި ޑޮކްޔާޑާއިއެކު މަސްވެރިންނަށްވެސް ފަސޭހަތަކެއް ލިބިގެންދާނެކަން އޭނާ ފާހަގަކުރެއްވިއެވެ.

އެމްޕީއެލްއިން ވިދާޅުވީ، އެ ކުންފުނީގެ އަމާޒަކީ 6 މަސްދުވަހުގެ ތެރޭގައި މިތަން ނިންމައި ޚިދުމަތްދޭން ފެށުންކަމަށެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.