އިޖުތިމާއީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ހާލު ކިހިނެއް ޕޮރޮގްރާމްގެ ތެރެއިން
ހދ.ކުޅުދުއްފުށީގައި ހާލު ކިހިނެއް ޕްރޮގްރާމު ފަށައިފިއެވެ.
އިޖުތިމާއީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ހދ. ކުޅުދުއްފުށީގައި "ޙާލު ކިހިނެއް؟" ޕްރޮގްރާމު ކުރިއަށް ގެންދިއުމާ ގުޅޭގޮތުން ކުޅުދުއްފުށީ ސިޓީ ކައުންސިލްއާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.
މި ބައްދަލުވުމުގައި ކުޅުދުއްފުށީ ސިޓީގެ ގެތަކަށް ޒިޔާރަތްކުރުމާއި، ނާޒުކު ހާލަތްތަކުގައި ދިރިއުޅޭ ފަރާތްތައް ދެނެގަތުމާއި، އެފަދަ ފަރާތްތަކުގެ ހާލަތު ރަނގަޅުކުރުމަށް ގުޅިގެން މަސައްކަތްކުރެވޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކުރެވުނެވެ.
އިޖުތިމާއީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ޓީމުތަކުން ވަނީ މިހާރު ކުޅުދުއްފުށީގެ ގެތަކަށް ޒިޔާރަތްކޮށް، ރައްޔިތުންގެ ހާލު ބަލައި، ނާޒުކު ހާލަތްތަކުގައި ދިރިއުޅޭ ފަރާތްތައް ދެނެގަތުމުގެ މަސައްކަތް ފަށައިފައެވެ.
މި ޕްރޮގްރާމު ރަށުގައި ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށް ކުޅުދުއްފުށި ސިޓީ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރުން ވަނީ ފުރިހަމަ އެއްބާރުލުން ދޭން އެއްބަސްވެފައެވެ. މި ޕްރޮގްރާމުގެ ސަބަބުން ރަށުގެ އިޖުތިމާއީ ހާލަތު ރަނގަޅުވެ، ނާޒުކު ހާލަތުގައި ތިބި ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެ ކަމަށް ބެލެވެއެވެ.
ކޮމެންޓް