ކަނޑު ގަދަ
ދެކުނުގެ އަތޮޅުތަކަށް ވިއްސާރަކޮށް، ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަަމަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ވިދާޅުވެއްޖެއެވެ.
މިއަދުގެ މޫސުން ކުރިއަށް ލަފާކޮށް މެޓް އިން ވިދާޅުވީ، ދެކުނަަށް މޫސުން ގޯސް ކަމަށާއި، އުތުރާއި މެދު ރާއްޖެ ތެރޭގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރިނަމަވެސް މޫސުން އާއްމުގޮތެއްގައި ރަނގަޅުވާނެ ކަމަަށެވެ.
މެޓް އިން ލަފާކޮށްފައިވާގޮތުގައި ހުޅަނގާއި ހުޅަނގުއުތުރުން، އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ގަޑިއަކު އަށް މޭލާއި 18 މޭލު ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. އަދި ދެކުނުގެ އަތޮޅުތަކަސް ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަަމަށްވެސް ލަފާކޮށްފައިވާއިރު، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވުން އެކަށިގެންވާ ކަމަށްވެސް ވިދާޅުވެފައި ވެއެވެ.
މީގެ އިތުރުން، އުތުރާއި މެދުރާއްޖެ ތެރޭގެ ކަނޑުތައް އާދައިވެ ވަރަކަށް ގަދަވާނެ ކަމަށް ލަފާކޮށްފައިވާއިރު، ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށްވެސް ލަފާ ކޮށްފައި ވެއެވެ. އަދި ވިލާގަނޑުގައި ގަދަވާނެ ކަަމަށްވެސް ލަފާ ކޮށްފައި ވެއެވެ.
ދެކުނަށް މޫސުން ގޯސްވެފައިވާއިރު، މެޓް އިން ވަނީ ގއ. އަަތޮޅުން ފެށިގެން އައްޑޫ ސިޓިއަށް ހުދު ސަމާލު ނެރެފައެވެ. އެ ސަމާލުގައި ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަަށް ވިދާޅުވެފައި ވެއެވެ.
ކޮމެންޓް