އަރަފާތު ހުސައިން
ދައުރުވި ވީޑިއޯގައި ބުނަނީ އެ މީހާއަކީ ބުޅާ މަހުން ކާބޯތަކެތި ތައްޔާރުކޮށްގެން ރަޖިސްޓްރީ ކުރުމެއް ނެތި ވިޔަފާރި ކުރަމުންދާ ބިދޭސީއެއް
މާލޭގައި ބުޅާ މަހުން ކާނާ ތައްޔާރުކޮށް ވިއްކި ކަމަށް ތުހުމަތު ކުރެވޭ މީހާ ހައްޔަރު ކޮށްފިއެވެ.
ފުލުހުން ބުނި ގޮތުގައި އެ ތުހުމަތު ކުރެވެނީ އަރަފާތް ހޮސައިން ނަމަކަށް ކިޔާ ބަންގްލަދޭޝްއަށް ނިސްބަތްވާ އުމުރުން 32 އަހަރުގެ ފިރިހެނެއްގެ މައްޗަށެވެ.
ފުލުހުން މިއަދު މީޑިއާއަށް ހިއްސާކުރި މެސެޖެއްގައި ބުނީ، އެ މީހާ މިއަދު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. އަދި އޭނާ ހައްޔަރުކޮށްފައިވަނީ މިއަދު 10:32 އެހާކަންހާއިރު މާލެއިންނެވެ.
މީސްމީޑިއާގައި ދައުރުވަމުން އައި ވީޑިއޯގައި ބުނަނީ އެ މީހާއަކީ ބުޅާ މަހުން ކާބޯތަކެތި ތައްޔާރުކޮށްގެން ރަޖިސްޓްރީ ކުރުމެއް ނެތި ވިޔަފާރި ކުރަމުންދާ ބިދޭސީއެއް ކަމަށެވެ.
ރާއްޖޭގައި ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ސާފުތާހިރުކަން ކުޑަ ތަންތަނުގައި ކާބޯތަކެތި ތައްޔާރުކޮށް ވިއްކާ ގިނަ އަދަދެއްގެ ބިދޭސީން މިހާތަނަށް އަތުލައިގެންފައިވެއެވެ. އިއްޔެ މުޑުދާރުކޮށް ފޯއް ހިއްކައި ވިއްކަމުންދިޔަ ބިދޭސީންތަކެއް ވެސް އަތުލައިގެންފައިވެއެވެ.
ކޮމެންޓް