އައިޑީ ކާޑު ދޫކުރުމުގެ ހިދުމަތް ހުޅުމާލެ އާއި ވިލިމާލޭގައި ފަށައިފި

އައިޑީ ކާޑުގެ ހިދުމަތް

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑް ޕްރިންޓްކޮށް ދޫކުރުމުގެ ހިދުމަތް ވިލިމާލެ، ހުޅުމާލެ ފުރަތަމަ ފިޔަވަހި އަދި ދެވަނަ ފިޔަވަހީގައި ފަށައިފިއެވެ.

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑް ޕްރިންޓްކޮށް ދޫކުރުމާއި، ޕާސްޕޯޓު ދޫކުރުމުގެ ހިދުމަތް ރައްޔިތުންނާ ގާތުން އަވަހަށް ފޯރުކޮށްދިނުމުގެ ކަންކަން މުޅި ރާއްޖެއަށް ފުޅާކުރުމުގެ މަޝްރޫއު ރައީސް އިފްތިތާހުކޮށްދެއްވީ މި މަހުގެ 16 ވަނަ ދުވަހުއެވެ.

އައިޑީ ކާޑުގެ ހިދުމަތް ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރައްޔިތުންނާއި ގާތުން ދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވައުދުފުޅަކަށްވާއިރު އެ ވައުދުފުޅާ އެއްގޮތަށް ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަނުން މިހާރު ވަނީ ވިލިމާލެ، ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ގައި އެ ހިދުމަތް ދޭން ފަށާފައެވެ.

ހުޅުމާލެ އަދި ވިލިމާލޭގައި ހިދުމަތް ދިނުމަށް ނިންމާފައިވާ ތަންތަން:

  • ހުޅުމާލެ ފުރަތަމަ ފިޔަވަހި: އުމަރު ޒާހިރު ބިލްޑިންގް

  • ހުޅުމާލެ ދެވަނަ ފިޔަވަހި: ވިނަރެސް ޓަވަރު 02ގެ ފުރަތަމަ ފަންގިފިލާ

  • ވިލިމާލެ: އީ ބްލޮކް

ޑީއެންއާރުގެ 174 ކަލެކްޓިން ސެންޓަރު ގާއިމު ކޮށްފައިވާއިރު ފުރަތަމަ ފަހަރަށް އޮންލައިންކޮށް އައިޑީކާޑު ހެދުމުގެ މަަސައްކަތް ފެށީ ކޮވިޑާ ގުޅިގެން 2021 ގައެވެ. ކުރިން ބޭނުން ކުރަމުން އައި އޮންލައިން ޕޯޓަލްގެ ބަދަލުގައި ޑީއެންއާރު އޮންލައިން ޕޯޓަލްއެއް ގާއިމުކޮށް އަމިއްލައަށް ކާޑަށް ހުށަހެޅޭގޮތް ހަމަޖެހުނީ މިދިޔަ އަހަރުގެ މާރިޗު މަހުގެ ތެރޭގައެވެ.

އަދި ކާޑު ޕްރިންޓުކުރުމަށް ފަހު، ޑީއެންއާރުން އެ މީހަކު ހުރި ރަށެއްގެ ކައުންސިލަށް ކާޑު ފޮނުވޭނެ ހިދުމަތްވެސް ވަނީ މިއަހަރު ތައާރަފްކޮށްފައެވެ. އަދި މާލޭގެ އިތުރުން ދ. ކުޑަހުވަދޫ އާއި ގއ. ވިލިނގިލިން އައިޑީ ކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ހިދުމަތް އަންނަނީ ދެމުންނެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.