ޝާހްރުކް ޚާން
މީގެ ދެތިން ދުވަސް ކުރިން ޝާހްރުކް ޚާނަށް މަރުގެ އިންޒާރު ދީފައިވާ ކަމަށް ޚަބަރު ލިބުނެވެ. ބަންޑާރަ ޕޮލިސް ސްޓޭޝަނަށް 50 ލައްކަ ރުފިޔާ ހޯދުމަށް އެދި އިންޒާރުގެ ކޯލެއް އައެވެ.
އެކަން ނުކުރެވިއްޖެނަމަ ގުޅާ މީހާ ވަނީ ސުޕަސްޓާއަށް ގެއްލުން ދޭނެ ކަމުގެ އިންޒާރު ދީފަ އެވެ. އޭގެ ފަހުން ފުލުހުން ގެންދަނީ އެ މައްސަލަ ފުރިހަމައަށް އިންވެސްޓްކޮށްގެން ކުށްވެރިޔާގެ އަތް ފޯރާށެވެ. މުމްބާއީ ޕޮލިހުން އެ ކޯލް ޓްރޭސް ކުރުމުން އެމީހުން ގެންދިޔައީ ރައިޕޫރުގެ ވަކީލަކަށް ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ރައިޕޫރަށް އައުމުން ފުލުހުންނަށް އެނގުނު ގޮތުގައި އެ ނަންބަރަކީ ފައިޒަން ޚާން ނަމަކަށް ކިޔާ ވަކީލަކަށް ނިސްބަތްވާ ނަންބަރެކެވެ. ނަމަވެސް ފައިޒަން ފުލުހުންނަށް ކިޔައިދިން ގޮތުގައި އޭނާގެ ފޯނު ވަގަށް ނަގާފައި ވަނީ ޝާހްރުކް ހާނަށް އިންޒާރު ދިން ކޯލް ކުރުމުގެ ދެތިން ދުވަސް ކުރިންނެވެ. އަދި ގަޑިތަކެއް ވަންދެން އޭނާއާ ސުވާލުކުރި އެވެ. އެއަށްފަހު ފުލުހުންގެ ސަމާލުކަން ދިނީ ފޯނު ވަގަށް ނެގީ ކާކުތޯ ހޯދުމަށެވެ. ނަމަވެސް އެންމެ ފަހުގެ އަޕްޑޭޓެއްގައި ވަކީލު މިހާރު ވަނީ ހައްޔަރުކޮށްފައެވެ.
ހިންދުސްތާން ޓައިމްސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ފައިޒަން ޚާން އަށް ޗިޓް ފޮނުވާފައި ވަނީ އެ ކޯލް ކޮށްފައި ވަނީ އޭނާގެ ނަންބަރު ބޭނުން ކުރުމުންނެވެ. ނަމަވެސް ފައިޒަން ފުލުހުންގެ ކުރިމައްޗަށް ހާޒިރުނުވިއެވެ. އެކަމުގެ ސަބަބުން ރައިޕޫރުގައި އޭނާ ހައްޔަރުކުރީ ކާކުތޯ ފުލުހުންނަށް ޝައްކު ކުރެވުނެވެ. ބާރަތިޔާ ނިޔާޔާ ސަންހިތާ (ބީއެންއެސް) ގެ 308(4) ވަނަ މާއްދާ އާއި 351(3)(4) ވަނަ މާއްދާގެ ދަށުން ބަންޑާރަ ޕޮލިހުން މައްސަލަ ރަޖިސްޓްރީކޮށްފިއެވެ.
ޝާހްރުކް ހާނަށް އިންޒާރު ދިނީ ސަލްމާނަށް ވެސް މިފަދަ އިންޒާރެއް ދިނުމުގެ މަދު ދުވަސްކޮޅެއް ކުރިންނެވެ. ސަލްމާންގެ ސެކިއުރިޓީ ހަރުކަށިވެފައި އޮންނަތާ މިހާރު މާގިނަ ދުވަސްތަކެއް ވެއްޖެ އެވެ.
ކޮމެންޓް