އަޙްމަދު ޒައީމް

އަޙްމަދު ޒައީމް

ޒަޢީމު: އެންމެނާ ގުޅޭ ހިންގުންތެރި ޒުވާނެއް

އަހްމަދު ޒައީމް އަކީ ފުރަ މާލެ ސޮއި އަލިމަނިކު އަދި ކަނޑި މުހައްމަދު މަނިކު ހާންދާނީ ނަސަބުން ދިއްލުނު އަލިގަދަ ދަންމަރެކެވެ. މުަހައްމަދު ޒިނާހުއާއި އައިޝަތު އަހްލާމްގެ ދެމަފިރި ކަނބަލުންނަށް މީގެ އޮނަތިރީސް އަހަރު ކުރިން ލިބިލެއްވި އަހްމަދު ޒައީމް މުޅި މާލެ، އެކިއެކި ފަންނުތަކުން އަލިކުރަމުން އަންނަ އިޖުތިމާޢީ ޙިދުމަތުގެ ރަން ތަރިއެކެވެ. އެކުވެރިންގެ ނަމުންނަމަ؛ އާދެ ޒައީމްއެވެ.

ގޮވާލި ކޮންމެ ވަގުތަކު، ގޮވާލެވުނު ކޮންމެ ހެޔޮ ހިދުމަތަކަށް، އާނދޮގެ ބުނާ ޢަހްމަދު ޒައީމް  އަކީ އަހްމަދީއްޔާ ސުކޫލުން އުނގެނި ތަޢުލީމީ ހަޔާތުގެ ބިންގާއެޅި ދަރިވަރެކެވެ.

ތަޢުލީމީ ހަޔާތަށްފަހު ޤައުމީ ޙިދުމަތާއި ކުރިމަތިލެއްވި އަޙްމަދު ޒަޢީމަކީ ރާއްޖޭގައި ފާހަގަކޮށްލެވޭ ހަރުދަނާ ވަރަށް ހިންގުންތެރި ޒުވާނެކެވެ. އޭނާގެ ވަޒީފާގެ މަސައްކަތުގެ ތަޖުރިބާއަށް ބަލާއިރު، ޒަޢީމަކީ ވަރަށް ގިނަ ދާއިރާތަކުން ތަޖުރިބާ ލިބި ހުންނެވި، ހުނަރުވެރި އަދި ޤާބިލު ފަރާތެއްކަން އެނގެއެވެ.

7d0808db-aec4-4a75-aa8e-a484adcbdd6c.jpeg

e7217b36-5e24-4ec9-b7ab-e0fadece9952.jpeg

ޒަޢީމުގެ މަސައްކަތުގެ ތަޖުރިބާއަށް ބަލާއިރު، އޭނާ ވަނީ ޝްވަކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގައި މެނޭޖަރެއްގެ ގޮތުގައާއި، މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގައި އޮޕަރޭޝަންސް އޮފިސަރެއްގެ ގޮތުގައި މަސައްކަތްކޮށްފައެވެ. މީގެ އިތުރުން، މޯލްޑިވްސް ފައިނޭންޝަލް ސާވިސަސް އެސޯސިއޭޝަންގެ އެޑްވައިޒަރެއްގެ މަގާމުގެ އިތުރުން މޯލްޑިވްސް ކްރެޑިޓް ޔޫނިއަން ކޯޕަރޭޓިވް ސޮސައިޓީގެ އެޑްވައިޒަރެއްގެ ގޮތުގައިވެސް މަސައްކަތްކޮށްފައިވެއެވެ. ޒަޢީމުގެ ހިންގުންތެރިކަމާއި ލީޑަރޝިޕް އެންމެ ރަނގަޅަށް ފާހަގަކުރެވެނީ މައިންޑް އިވޮލޫޝަންގެ މެނޭޖިންގ ޑިރެކްޓަރެއްގެ ގޮތުގައި އޭނާ މަސައްކަތުންނެވެ.

d7f6c127-40ed-47f6-8ad8-23f42fe4b8b6.jpeg

dda0e99f-4b3f-472f-b824-61f0f3ace777.jpeg

ޒައީމްއަކީ މޯލްޑިވްސް ޕޯރޓްސް ލިމިޓެޑްގެ ތާރީހުގައި އެންމެ ޒުވާން އެސިސްޓަންޓް ޖެނެރަލް މެނޭޖަރ (ހެޑް އޮފް ޑިޕާޓްމަންޓް) ގެ މަޤާމު ފުރުއްވަމުންގެންދަވާ ޒުވާނެކެވެ. މި ށިންމާއާއެކު ހުޅުމާލެ އިންޓަނޭޝަނަލް ޓާމިނަލްގެ ހެޑް އޮފް ޑިޕާޓްމަންޓްގެ މަސްއޫލިއްޔަތު އަދާކުރަމުން ދިއުމަކީ އޭނާގެ ޤާބިލުކަމާއި ހިންގުންތެރިކަން ދައްކުވައިދޭ ރަމްޒެކެވެ.

a8523b94-eddc-4034-8ca9-8e57ed4dac1e.jpeg

3aa702f7-c809-4c3a-b435-6dbe20337df2.jpeg

ޒައީމުގެ އެންމެ ފާހަގަކޮށްލެވޭ އެއް ސިފައަކީ އޭނާގެ ދުރުވިސްނުމާއި މުވައްޒަފުންގެ ހުނަރު އިތުރުކުރުމަށް ދެއްވާ އަހައްމިއްޔަތުކަމެވެ. އެގޮތުން އެންމެ ނުވަމަސް ތެރޭގައި މާލެ ސައުތު ވެސްޓް ހާބަރު (ޓީޖެޓީ) ތަރައްގީ ކުރައްވައި މުވައްޒަފުން ކުރިއަރުވަން ކުރި ގިނަގުނަ މަސައްކަތް ފާހަގަ ކޮށްލެވެއެވެ. އަދި ވަގުތީ ގޮތުން ޓާމިނަލް ވެހިކަލް ޑިޕާޓްމަންޓާއި ޕްރޮޖެކްޓްސް އެންޑް ފެސިލިޓީސް މެނޭޖްމަންޓް ޑިޕާޓްމަންޓްގެ އެންމެހާ މަސްއޫލިއްޔަތުތައް އަދާކުރުމަކީ އޭނާގެ ހުނަރުވެރިކަމާއި ޤާބިލުކަން ދައްކުވައިދޭ ކަމެކެވެ.

fb8019d0-3cc5-4ee7-b67e-10fcd39c6004.jpeg

ޒަޢީމުގެ އަނެއް މުހިންމު ސިފައަކީ ކުޅިވަރު ކުރިއެރުވުމަށް ކުރައްވާ ބުރަ މަސައްކަތްތަކެވެ. އޭގެ މިސާލަކީ ޖީބީ ސްޕޯޓްސް ކްލަބްގެ ޗެއަރމަންގެ މަޤާމާ ހަވާލުވެ. އޭނާގެ ލީޑަރޝިޕްގެ ދަށުން، ކްލަބުން ހޯދި ގިނަ ގުނަ ކާމީބީތަކެވެ. އެގޮތުން 20 އަހަރުން ދަށުގެ ބީބީ ފުޓްސަލް މުބާރާތުގެ 2023 ވަނަ އަހަރުގެ ޗެމްޕިއަންކަމާއި، އިބޫޓީ ފުޓްސަލް ޗެލެންޖް 2024 ގެ ޗެމްޕިއަންކަން ހިމެނެއެވެ. މީގެ އިތުރުން، ބީބީއޯ ބާސްކެޓްބޯޅަ ޗެލެންޖް 2024 ގެ ޗެމްޕިއަންކަމާއި، 7 ވަނަ ހޭންޑްބޯލް މޯލްޑިވްސް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަމާއި، 11 ވަނަ ގައުމީ ހޭންޑްބޯލް 1 ވަނަ ޑިވިޝަންގެ ޗެމްޕިއަންކަންވެސް ހާސިލުކޮށްފައިވެއެވެ.

2eb3a69b-3afb-4f63-a427-30d7b3025a3c.jpeg

މި ހުރިހާ ކާމިޔާބީތަކަކީ ޒަޢީމުގެ ހިންގުންތެރިކަމާއި ލީޑަރޝިޕްގެ ނަތީޖާއެކެވެ. އޭނާގެ ދުރުވިސްނުމާއި، ޓީމްވޯކަށް ދެއްވާ އަހައްމިއްޔަތުކަމާއި، މުވައްޒަފުންގެ ހުނަރު އިތުރުކުރުމަށް ކުރައްވާ މަސައްކަތްތަކުގެ ސަބަބުން، އޭނާގެ ދަށުން މަސައްކަތްކުރާ ޓީމުތަކުން އެ ބޭނުންވާ ނަތީޖާ ނެރެދެއެވެ.

ޖުމްލަކޮށް ބުނާނަމަ ޒަޢީމަކީ ހުރިހާ އެންމެނާވެސް ގުޅޭ، ހިންގުންތެރި އަދި ހަރުދަނާ ޒުވާނެކެވެ. އޭނާގެ ވަޒީފާގެ ތަޖުރިބާއަށް ބަލާއިރު، ދިވެހިރާއްޖޭގެ އެންމެ މުހިންމު ޚިދުމަތްތަކުގެ ތެރެއިން ގިނަ ދާއިރާތަކެއްގައި މަސައްކަތްކޮށް، އިސް މަޤާމުތައް ފުރުއްވާފައިވާކަން ފާހަގަކޮށްލެވެއެވެ. އޭނާގެ ލީޑަރޝިޕް އާއި ދުރުވިސްނުމަކީ ދިވެހި މުޖުތަމަޢުއަށް ލިބުނު މަންފާއެކެވެ.

4b766e36-2bbb-4f23-8d35-f18c6c3a2c2a.jpeg

ޒަޢީމުގެ ކާމިޔާބީގެ ސިއްރަކީ އޭނާގެ ހީވާގިކަމާއި ކެރުންތެރިކަމާއި، މީހުންނާ ގުޅުން ބަދަހިކޮށް، އެމީހުންގެ ކިބައިގައިވާ ހުނަރު ދެނެގަނެ، އެ ހުނަރުތައް ބޭނުންކޮށްގެން ޓީމެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ޤާބިލުކަމެވެ. ކުރިއަށް އޮތް ތަނުގައި ޒައީމު ފަދަ ޒުވާނުން އިތުރުވެ، ޤައުމު ތަރައްޤީވުމަކީ އެންމެހައި ދިވެހިން އެދޭނެ އަދި ދެކެންބޭނުންވާނެ ކަންތަކެވެ.

c82fab35-3bab-4a78-94bf-9a5a58040e26.jpeg

ޒަޢީމު ސިޔާސީ ދާއިރާގައި ހަރަކާތްތެރިވާން ނިންމައި 2013 ގައި ވަނީ ޕީޕީއެމް އާއި ގުޅިގެން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވާން ފަށާފައެވެ. އަދި 2022 ވަނަ އަހަރު ބޭއްވުނު ޕީޕީއެމްގެ ކޮންގްރެސްގައި މައްޗަންގޯޅި އުތުރުގެ ދާއިރާ ނާއިބު ރައީސްކަމަށް ވާދަކޮށް ވަނީ އެ މަގާމަށް އިންތިޚާބު ވެވަޑައިގެންފައެވެ. އަދި މައްޗަންގޯޅި ދާއިރާގައި ޕީޕީއެމް/ޕީއެންސީގެ ކެންޕެއިން ތަކުގައި ވަނީ ވަރަށް ހަރަކާތްތެރިކޮށް އުޅުއްވާފައެވެ.

a8493992-da17-4ac3-9484-3168359073bc.jpeg

5bc8a75a-adce-4a13-82f4-cb4da50ddba4.jpeg

2024 ގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރައްވަން ނަން ހުށައަޅުއްވާ ފަހުން ވަނީ ދާއިރާގެ ތަރައްގީއަށް ޓަކައި މިހާރުގެ އެ ދާއިރާގެ މަޖިލީސް މެންބަރު އިބްރާހިމް މުހައްމަދުއަށް ތާއިދުކުރެއްވިއެވެ. އެންމެ ފަހުން ބޭއްވުނު ޕީއެންސީގެ އެތެރޭގެ އިންތިޚާބުގައި ޒައީމް ބައިވެރިވަޑައިގެން ވަނީ މައްޗަންގޯޅި އުތުރު ޒުވާނުންގެ ރައީސްކަމަށް ހޮވިވަޑައިގެންފައެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.