އެމްޑީޕީ ސަރުކާރުން ޑެމްސްއާއި ޖެހުނު ކޮޅިގަނޑުގައި ދައުލަތުގެ ބަޖެޓު ލޫޓުވި : އަފޫ

އަފޫ

ދައުލަތުގެ ހަރަދުތައް ހަމަޖެއްސުމަށް 5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓުގެ ބަހުސް މިއަދު ރައްޔިތުންގެ މަޖިލީހުގައި ފައްޓަވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސަޕްލިމެންޓްރީ ބަޖެޓު ބަހުސްގައި  ނ. ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަފޫ ހަމީދު ފާހަގަކުރެއްވި ގޮތުގައި ފާއިތުވި އެމްޑީޕީ ސަރުކާރުން ވީ އިހުމާލުގެ ސަބަބުން ރައްޔިތުންނަށް ލިބުނީ އިޤްތިޞާދީ ތުރާލެކެވެ.

“ރައްޔިތުންގެ މަޖިލިސް މެންބަރުންނަށް އިންސިއުރެންސް ކާޑެއް  ދީފައި އޮތެއް ކަމަކު ބައްލަޥާ! ރައްޔިތުންނަކަށް ނޯވޭ ހިލޭ ބޭސް ފަރުވާ ކުރެވޭކަށް ” ނ. ކެނދިކުޅުދޫ ދާއިރާގެ މެންބަރު ވިދާޅުވިއެވެ.

އަދި އިތުރަށް ވިދާލުވި ގޮތުގައި ދެން ފެނިގެން ދިޔައީ އެމްޑީޕީ ސަރުކާރުން ޑިމޮކްރެޓްސްއާއި ޖެހުނު ކޮޅިގަނޑުގައި ސިޔާސީ ވަޒީފާތަކަށް އިންތިހާއަށް މީހުން ނަގާލިތަން” އެވެ..

ސަޕްލިމެންޓްރީ ބަޖެޓުގެ ތަފްސީލް

  • ޕީއެސްއައިޕީ - 2 ބިލިއަން ރުފިޔާ

  • ސަރުކާރު ހިއްސާވާ ކުންފުނިތަކަށް - 441.4 މިލިއަން ރުފިޔާ

  • ކޮންޓިންޖެންސީ ބަޖެޓަށް - 650 މިލިއަން ރުފިޔާ

  • ސްޓޫޑަންޓް ލޯނު ދޫކުރަން - 458.4 މިލިއަން ރުފިޔާ

  • މެޑިކަލް ކޮންޒިމަބަލްސް - 200 މިލިއަން ރުފިޔާ

  • ބޭސްފަރުވާގެ އެހީ - 262.6 މިލިއަން ރުފިޔާ

  • ސަބްސިޑީ - 1.02 ބިލިއަން ރުފިޔާ

  • މުސާރަ އާއި އުޖޫރަ - 24.4 މިލިއަން ރުފިޔާ

ސަޕްލިމެންޓްރީ ބަޖެޓްގައި ޕީއެސްއައިޕީއަށް ދެ ބިލިއަން ރުފިޔާ އިތުރުކުރާ ސަބަބުތަކުގެ ތެރޭގައި ފާއިތުވި އަހަރުގެ ބިލްތަކަށް ފައިސާ ދެއްކުމާއި ފަށާފައިވާ މެގަ މަޝްރޫއުތަކުގެ ދުވެލި އަންދާޒާކުރި މިންވަރަށް ވުރެ ބާރަށް ހިނގާފައިވާތީ އެ މަޝްރޫއުތަކަށް ފައިސާ ދެއްކުން ހިމެނެ އެވެ.

އަދި ހަރަދު ކުޑަކުރުމުގެ ފިޔަވަަޅުތަކަށް ބަލައި، ބަޖެޓުކޮށްފައިވާއިރު އެއްވެސް ކަމަކަށް ތައްޔާރުވެފައި ނުވާ ކަމަށާއި 2023ގެ ހިސާބުތައް އެކައުންޓް ކުރުމުގައި ބޮޑެތި އަދަދުތަކުން ފަރަގު އެބަހުއްޓެވެ.

ސަޕްލިމެންޓްރީ ބަޖެޓުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް 441.1 މިލިއަން ރުފިޔާ އިތުރުކުރަން ހިމަނާފައިވާއިރު މީގެ ތެރޭގައި އަލަށް އުފައްދާ ޑިވެލޮޕްމަންޓް ބޭންކުގެ އޮޕަރޭޝަންތައް ފަށައިގަތުމަށް ބޭނުންވާ ކެޕިޓަލް ދޫކުރުމަށް ބޭނުންވާ 150 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުން މި އަހަރަށް ފާސްކޮށްފައިވަނީ ޖުމްލަ 49.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އިތުރަށް ބޭނުންވާ ފައިސާއެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށް ނުވަތަ ސަޕްލިމެންޓްރީ ބަޖެޓެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށް އެދި ހުށަހަޅާނަމަ ބަޖެޓް ތައްޔާރުކުރުމަށް ބަޔާންކޮށްފައިވާ ގޮތަށް އެ ހުށަހެޅުމެއް ތައްޔާރުކޮށް އެ ފައިސާއެއް ނުވަތަ ބަޖެޓެއް ބޭނުންވާ ދުވަހެއްގެ އެއް މަސް ދުވަސް ކުރިން މަޖިލީހަށް ހުށަހަޅަންވާނެ ކަމަށް މާލިއްޔަތު ގާނޫނުގައި ބުނެފައިވެ އެވެ

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސަޕްލިމެންޓްރީ ބަޖެޓު ހުށަހެޅުއްވީ މިދިޔަ ސެޕްޓެމްބަރު 30 ވަނަ ދުވަހު ފިނޭންސް މިނިސްޓަރުކަމާ ހަވާލުުވެވަޑައިގެންނެވި މޫސާ ޒަމީރު އެވެ.

ސަޕްލިމެންޓްރީ ބަޖެޓު ހުށަހަޅަނީ ދައުލަތުގެ ބަޖެޓު ހުސްވެގެން ނޫންކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވި ގޮތުގައި ސަޕްލިމެންޓްރީ ބަޖެޓު ހުށަހަޅަނީ މަޝްރޫއުތަކަށް އާދަޔާ ހިލާފު ކުދި އަދަދު ޖަހައި، ހަގީގަތާ ނުބައްދަލުވާނެހެން ބަޖެޓް ތައްޔާރުކޮށްފައި ހުރުމުންނެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.