އެމްއެންއެސްޑީއޭގައި "ނެޝަނަލް އެސެސަރުންނަށް" ތަމްރީނު ޕްރޮގްރާމެއް ބާއްވައިފި

ޕްރޮގްރާމުގެ ބައިވެރިން

ދިވެހިރާއްޖޭގެ ތަރައްޤީއާއި ކުރިއެރުމަށް ބޭނުންވާ ދާއިރާތަކުން ޒުވާނުން ތަމްރީނުކުރުމުގައި މަސައްކަތްކުރާ ނެޝަނަލް އެސެސަރުންނަށް އިތުރު ތަމްރީނު ފޯރުކޮއްދިނުމަށް އަމާޒުކޮށް ބާއްވާ ވޯކްޝޮޕެއް

މޯލްޑިވްސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމްއެންއެސްޑީއޭ)އާއި މޯލްޑިވިސް: އެންހޭންސިންގ އެމްޕްލޮޔަބިލިޓީ އެންޑް ރެޒިލިއެންސް އޮފް ޔޫތް (މީރީ) ޕްރޮޖެކްޓުން ގުޅިގެން "ޓްރެއިނިންގ އޮފް ޓްރެއިނަރސް"ގެ ނަމުގައި ނެޝަނަލް އެސެސަރުންނަށް ޚާއްސަ ވޯކްޝޮޕެއް ބާއްވައިފިއެވެ.

މި އޮކްޓޯބަރ މަހުގެ 13 އިން 17 އަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި ވޯކްޝޮޕަކީ ދިވެހިރާއްޖޭގެ ތަރައްޤީއާއި ކުރިއެރުމަށް ބޭނުންވާ ދާއިރާތަކުން ޒުވާނުން ތަމްރީނުކުރުމުގައި މަސައްކަތްކުރާ ނެޝަނަލް އެސެސަރުންނަށް އިތުރު ތަމްރީނު ފޯރުކޮއްދިނުމަށް އަމާޒުކޮށް ބާއްވާ ވޯކްޝޮޕެކެވެ.

މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ގެ ދަށުން މަސައްކަތްކުރަމުންދާ، އެމްއެންއެސްޑީއޭ އާއި މީރީ ޕްރޮޖެކްޖުން އަންނަނީ ދިވެހިރާއްޖޭގެ މަސައްކަތުގެ ބާޒާރަށް ނިކުންނަ ޒުވާނުންގެ ކިބާގައި، އެ ޒުވާނަކު ނިކުންނަ ދާއިރާއަކާއި ގުޅޭ މަޢުލުމާތާއި، ވިސްނުންތެރިކަމާއި، ހުނަރުނާއި ޤާބިލްކަން ހުރިކަން ކަށަވަރުކޮށް، ޤައުމު ބިނާކުރާނެ ޖީލެއް އުފެއްދުމަށް އެތަށް މަސައްކަތްތަކެއް ކުރަމުންނެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.