ލަކުޑި ފެރީތައް އޮޕަރޭޓް ކުރުމުގައި ދިމާވާ މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާކޮށްފި

ބޭއްވުނު ބައްދަލުވުމުގެ ތެރެއިން

ފެރީތައް އޮޕަރޭޓް ކުރުމުގައި ހަރުދަނާ ކުރުމަށް ހުރި ކަންކަމާ ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފަ

އެއްރަށުން އަނެއްރަށަށް މީހުން ފަސޭހަކަމާއެކު ދަތުރުކުރުމަށް ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިޔަށް ގެންދާ ލަކުޑި ފެރީތައް އޮޕަރޭޓް ކުރުމުގައި ދިމާވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

މި ބައްދަލުވުމުގައި ވަނީ ޓްރާންސްޕޯޓް މިނިސްޓްރީ އާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އަދި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ އިސް ފަރާތްތަކުން ބައިވެރިވެފައެވެ.

މި ބައްދަލުވުމުގައި ލަކުޑި ފެރީތަކުން ގެންދާ މުދާތައް ގެންދިއުމުގައި ހުރި ދަތިތަކާއި މި ފެރީތައް އޮޕަރޭޓް ކުރުމުގައި ހަރުދަނާ ކުރުމަށް ހުރި ކަންކަމާ ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ. އަދި ލަކުޑި ފެރީތަކުގެ ޚިދުމަތް އިތުރަށް ރަނގަޅުކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ބެހޭގޮތުން ވެސް މަޝްވަރާކުރެވުނެވެ.

ލަކުޑި ފެރީތަކަކީ ރާއްޖޭގެ ގިނަ ރަށްތަކަކަށް ވަރަށް މުހިންމު ޚިދުމަތެކެވެ. އަދި މިނިސްޓްރީއިން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ މި ޚިދުމަތް އިތުރަށް ހަރުދަނާކޮށް، ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމަށެވެ. އަދި މި ބައްދަލުވުމުގައި ފާހަގަކުރެވުނު މައްސަލަތަކަށް އަވަސް ޙައްލެއް ހޯދުމަށް ކަމާބެހޭ ފަރާތްތަކާއިއެކު މި މިނިސްޓްރީއިން މަސައްކަތްކުރާނެއެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.