އެސްޓޯނިއާގެ މަޖިލީހުގެ ރައީސް ލޯރީ ހުސަރު ރާއްޖެއަށް ޝުކުރު އަދާކުރައްވައިފި

ރައީސް މުއިއްޒު، އެސްޓޯނިއާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސްއާ ބައްދަލުކުރައްވައިފި

ދިވެހިރާއްޖެއިން ޔޫކްރެއިނަށް ތާއީދުކުރާތީ އެސްޓޯނިއާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ލޯރީ ހުސަރު ޝުކުރު އަދާކުރައްވައިފިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު އެސްޓޯނިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސްއާއެކު ވަނީ ބައްދަލުވުމެއް ބާއްވާފައެވެ. މި ބައްދަލުކުރުމާ ގުޅިގެން އެކްސްގައި ކުރި ޕޯސްޓެއްގައި އެ ގައުމުން ބުނީ އދ. ގައި ރާއްޖެއިން ޔޫކްރެއިނަށް ކުރާ ތާއީދަށް ޝުކުރު އަދާކުރާކަމަށެވެ.

މި ބައްދަލުކުރުމުގައި ބައިނަލްއަގްވާމީ ގާނޫނުތައް ދެމެހެއްޓުމާ ބެހޭ ގޮތުން ދެ ގައުމުން މަޝްވަރާކުރައްވާފައިވާކަމަށްވެސް އެ ޕޯސްޓުގައި ބުނެފައިވެއެވެ.

ރަޝިޔާ ޔޫކްރެއިން ހަނގުރާމަ ފެށިފައިވަނީ 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހު ރަޝިއާއިން ހަމަލާދޭން ފެށުމާއި ގުޅިގެންނެވެ. މި ހަނގުރާމައިގައި މިހާތަނަށް މަރުވެފައިވާ އާންމުންގެ އަދަދު 12,300 އަށްވުރެ މައްޗަށް އަރާފައިވާކަމަށް އދ އިން ވަނީ ހާމަކޮށްފައެވެ.

ޔޫކްރެއިންގެ އިރުމަތީގެ ބިންތަކަށް އަރައިގަނެފައިވާ ރަޝިޔާގެ ސިފައިން މިހާރު ދަނީ ޔޫކްރެއިންގެ އިރުމަތީ ދޮންބާސްގައި އޮތް ލުހާންސްކާއި ދޮންޏެސްކުގެ ބޮޑު ސަރަޙައްދަކަށް ވެރިވެގަންނަމުންނެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.