ސިނަމާލެ ބްރިޑްޖުގައި މަސައްކަތް ކުރަނީ
ސިނަމާލޭ ބްރިޖްގައި މަސައްކަތް ކުރަނިކޮށް ބަހައްޓާފައި ހުރި ކޯނެއްގައި ޖެހިގެން މީހަކު މަރުވެއްޖެއެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި ހެނދުނު 8:19 ހާއިރު އެކްސިޑެންޓް ހިނގީ، ހައިވޭގެ އެއްފަރާތުގައި ބަހައްޓާފައިވާ ސޯލާ ޕެނަލްތަކުގެ މަސައްކަތެއް ކުރާތީ، އެކަން އަންގައިދޭން ބަހައްޓާފައި ހުރި ކޯނުތަކުގެ ތެރެއިން ކޯނެއްގައި ސައިކަލެއް ޖެހިގެންނެވެ.
އެކްސިޑެންޓުވީ ބަންގްލާދޭޝް ފިރިހެނެއް ކަމަށާއި، އޭނާ މަރުވީ އެކްސިޑެންޓުވުމުން ފަރުވާ ދޭން އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދެނިކޮށް 9:05 ގާއިރު ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުންޏެވެ.
ކޮމެންޓް