ޑިންގީއެއް ބަނޑުންޖަހާލައިފި، 2 މީހަކު ސަލާމަތްކޮށްފި

ޑިންގީ ބަންޑުން ޖަހާލުމުން ޑިންގީއިން ދަތުރުކުރި 2 މީހުން ޑިންގީ މައްޗަށް އަރާ ތިއްބައި/ ފޮޓޯ: ފުލުހުން

ޑިންގީއެއް ބަންޑުން ޖަހާލައި ކަނޑުވި 2 މީހަކު ސަލާމަތްކޮށްފިއެވެ.

އެއީ 40 އަހަރުގެ އަދި 66 އަހަރުގެ ދިވެހި 2 ފިރިހެނުން ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ ގދ. މަޑަވެއްޔާ ދިމާލު ބޭރުން ދަތުރުކުރަމުންދިޔަ ޑިންގީއެއް އޮޔާދާ ކަމަށް މިއަދު ހެނދުނު 8:39 ހާއިރު ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި އޮޔާދާ ކަމަށް ރިޕޯޓްކުރެވުނު ޑީންގީ ހޯދުމަށް ކުރަމުންދިޔަ މަސައްކަތުން އެ ޑިންގީ ބަންޑުން ޖަހާލާފައި ވަނިކޮށް މިއަދު ހެނދުނު 11:04 ހާއިރު ފުލުހުންގެ ސާޗް ޓީމަށް ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެ ޑިންގީގައި ދަތުރުކުރި 2 މީހުން ޑިންގީ މަތީގައި ސަލާމަތުން ތިބި ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ. އަދި އެ 2 މީހުންގެ ހާލު ރަނގަޅު ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނީ އެ ޑިންގީ ގެއްލުނު ކަމަށް ކުރި ރިޕޯޓާ ގުޅިގެން ފުލުހުންނާއި އެމްއެންޑީއެފްގެ ސާޗް ޓީމްތައް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދަނިކޮށް، އެމްއެންޑީއެފް ގެ ޓީމަށް ބެހިފައިވާ އިތުރު ޑިންގީއެއް އެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ. އަދި އެ ޑިންގީ އަނބުރާ މަޑަވެއްޔަށް ދިއުމުގައި އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.