ކައުންސިލް އިންތިހާބުގައި ވޯޓުލުމާއި ގުނުން ފިޔަވައި އެހެން ހުރިހާ ކަމެއް ޑިޖިޓަލްކުރުމަށް މަސައްކަތްކުރަނީ

ކުރިން ބޭއްވި އިންތިހާބެއްގައި ވަގުތު ހަމަވުމުން ކިއު ބަންދު ކޮށް ގުނަން ތައްޔާރުވެފައި

ލޯކަލް ކައުންސިލް އިންތިހާބު، އަންނަ އަހަރުގެ އޭޕްރީލް މަހު ބޭއްވުމަށް ތައްޔާރުވަމުން އަންނަކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވެއްޖެއެވެ.

އީސީގެ މަސައްކަތްތަކާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި މުހައްމަދު ޒާހިދު ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބާ، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބަކީ ރާއްޖޭގައި އެންމެ ގިނަ އަދަދަކަށް ކެންޑިޑޭޓުން ކުރިމަތިލާ އިންތިހާބުތައް ކަމަށެވެ. އެހެންކަމުން މި ދެ އިންތިހާބަށް ވަރަށް ބޮޑު އިސްކަމެއް ދީގެން މިހާރުން ފެށިގެން، އިންތިހާބުގެ ތައްޔާރީތައް ފަށާފައިވާކަމަށެވެ.

މި އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ގާނޫނާއި ގަވާއިދުތަކަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމުގެ މަސައްކަތްތައް ކުރަމުން އަންކަން ހާމަކޮށް މުހައްމަދު ޒާހިދު ވިދާޅުވީ ގާނޫނާއި ގަވާއިދުތަކުގެ ތެރެއިން އިންތިހާބީ ދާއިރާތަކަށް ކެންޑިޑޭޓުން ކަނޑައެޅުމަށް ބޭނުންވާ މައުލޫމާތުތައް ހޯދަން ފަށާފައިވާ ކަމަށެވެ. ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވަމުން އަންނައިރު އެންމެ ބޮޑު އެއް ގޮންޖެހުމަކީ ޖާގައިގެ ދަތިކަން ކަމުގައި މުހައްމަދު ޒާހިދު ވިދާޅުވިއެވެ.

މީގެ އިތުރުން މުހައްމަދު ޒާހިދު ވިދާޅުވީ އޭޕްރިލް މަހު ބާއްވަން ނިންމާފައިވާ އިންތިހާބުގައި ވޯޓުލުމާއި ގުނުން ފިޔަވައި އެހެން ހުރިހާ ކަމެއް ޑިޖިޓަލްކޮށް، ރައްޔިތުންނަށް ލުއިފަސޭހަގޮތްތައް ހޯދުމުގެ މަސައްކަތްތައްވެސް ކުރިއަށް ދާ ކަމަށެވެ. މީގެ އިތުރުން ސިޔާސީ ޕާޓީތަކާ ގުޅިގެން ރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމު އިތުރަށް ހަރުދަނާ ކުރުމުގެ މަސައްކަތް ކުރިއަށްދާކަން ފާހަގަކުރެއްވިއެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.