މީޑިއާ މައުރަޒު ހުޅުވުމުގެ ރަސްމިއްޔާތުގައި ވަޒީރު ޝަހީމް ވާހަކަފުޅު ދައްކަވަނީ
ރިޔާސީ މެނިފެސްޓޯގައިވާ ކަންތައްތަކުގެ ތެރެއިން އިސްލާމީ ދާއިރާއިން މިހައިތަނަށް ހާސިލުކުރެވިފައިވާ ކަންކަން ދައްކުވައިދެއްވާ
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބާއްވާ މީޑިއާ މައުރަޒު ހުޅުވައިފިއެވެ.
މި މައުރަޒު ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފްއެވެ. މި މައުރަޒު ހުޅުވުމުގެ ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ދައުލަތުގެ އެކި ވުޒާރާތަކުގެ ވަޒީރުންނާއި އިސްވެރިން ބައިވެރިވިއެވެ. މި މައުރަޒު އޮތީ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ.
ނައިބު ރައީސް މައުރަޒު ބައްލަވާލަނީ
މި މައުރަޒާ ގުޅޭ ގޮތުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ، މި މައުރަޒަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދިވެހި ޤައުމުގެ ރިޔާސަޔާ ޙަވާލުވެވަޑައިގަތްތާ އަށް މަސް ފުރޭ މުނާސަބަތާ ގުޅިގެން، އެ މަނިކުފާނުގެ ރިޔާސީ މެނިފެސްޓޯގައިވާ ކަންތައްތަކުގެ ތެރެއިން އިސްލާމީ ދާއިރާއިން މިހައިތަނަށް ހާސިލުކުރެވިފައިވާ ކަންކަން މީޑިއާއާ ޙިއްސާކުރެއްވުމަށް ޓަކައި ބާއްވަވާ މައުރަޒެއްކަމަށެވެ.
ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނައީމް މައުރަޒު ބައްލަވާލަނީ
މި މައުރަޒުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ އެކި ސެކްޝަންތަކާއި އިދާރާތަކުގެ ސްޓޯލްތައް ހުންނާނެއެވެ. މި ސްޓޯލްތަކުން އެ ސެކްޝަނުން ކުރިއަށް ގެންދާ މަސައްކަތްތަކުގެ ތަފްސީލީ މައުލޫމާތު ލިބިލައްވާނެއެވެ. އެގޮތުން މައުލޫމާތު ލިބޭނެ ސެކްޝަންތަކަކީ:
ދިވެހިރާއްޖޭގެ ޒަކާތު ހައުސް
އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް
މޮސްކް މެނޭޖްމެންޓް ސެކްޝަން
ޕަބްލިކޭޝަން ޔުނިޓް އަދި ޙަލާލް ސެޓްފިކޭޝަން ޔުނިޓް
ޙައްޖާއި ޢުމްރާއާ ބެހޭ ޔުނިޓް
އިސްލާމިކް ދަޢުވާ
ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒު
މިނިސްޓަރ ބިއުރޯ
އައުޤާފް އެންޑް އިންފްރާސްޓަކްޗަރ
މި މައުރަޒު މިއަދު ހަވީރު 18:00 އަށް އަދި މާދަމާ ހެނދުނު 9:00 އިން ހަވީރު 18:00 އަށް ކުރިއަށް ގެންދާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
ކޮމެންޓް