މީޑިއާ ރެގިއުލޭޓްކުރާ ބިލަކީ މިނިވަންކަން ނަގާލުމެއް ނޫން: ނާޒިމް

މަޖިލީހުގެ ނައިބު ރައީސް އަދި ޕީއެންސީގެ މެންބަރު އަޙްމަދު ނާޒިމް

ނޫސްވެރިކަމާއި އިންޓަރނެޓް ރެގިއުލޭޓްކުރާ ބިލެއް އެކުލަވާލަމުން ގެންދަނީ މީޑިއާގެ މިނިވަންކަން ނަގާލުމުގެ މަޤްޞަދުގައި ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ޕީއެންސީގެ މެންބަރު އަޙްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

މީޑިއާއަށް ދެއްވި ޚާއްޞަ ބަސްދީގަތުމެއްގައި ނާޒިމް ވިދާޅުވެފައިވަނީ، ރާއްޖޭގައި ނޫސްވެރިކަމާއި އިންޓަރނެޓްގެ ވަސީލަތްތައް ރެގިއުލޭޓް ނުކުރެވޭ ކަމަށާއި، އެކަން ރަނގަޅުކުރުމަށްޓަކައި ބިލެއް އެކުލަވާލުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

ނަމަވެސް މިކަމާ ގުޅޭގޮތުން ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެފައިވަނީ، "ނޫސްވެރިކަމާއި އިންޓަރނެޓް ރެގިއުލޭޓްކުރާ ބިލެއް ތަޢާރަފްކުރުމަށް ސަރުކާރުން އެއްވެސް މަސައްކަތެއް ނުކުރާ" ކަމަށެވެ. އަދި ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައިވެސް އެފަދަ ބިލެއް ހިމެނިފައި ނުވާނެ ކަމަށާއި، ކުރިއަށް އޮތް ތަނުގައިވެސް އެފަދަ ބިލެއް ތަޢާރަފްކުރުމުގެ ވިސްނުމެއް ނެތް ކަމަށް ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން އެކްސްގައި ނެރުއްވި ބަޔާނެއްގައި ނާޒިމް ވިދާޅުވެފައިވަނީ، އެއްވެސް ޒަމާނެއްގައި އެއީ މިނިވަން މީޑިއާއާ ދެކޮޅު ފަރާތެއް ނޫން ކަމަށާއި، މިނިވަން މީޑިއާއަށް ހުރަސްއަޅާނެ މީހެއްވެސް ނޫން ކަމަށެވެ. އަދި އެފަދަ ކަމަކަށް ދުވަހަކުވެސް ތާއީދު ނުކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

https://x.com/mp4dhiggaru/status/1883509708193141157?s=46&t=TXuSpvTAejR0Lr_pGUMnWg

ނާޒިމް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އޭނާގެ ބަރުލަމާނީ ހަޔާތުގައި މިހާތަނަށް ވޭތުވެދިޔަ ދިގު މުއްދަތުގައި ރައްޔިތުންނާ ގުޅުންހުރި އަދި ރައްޔިތުންގެ ޙައްޤުތައް ޙިމާޔަތްކުރާނެ ކަންކަމުގައި ވަކާލާތުކޮށް ކާމިޔާބުކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.