ކާމިޔާބަކީ ދިވެހި ޤައުމަށް ލިބުނު ވަރަށް ބޮޑު ފަޚުރެއް : ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު

އަރމޭނިއަން ޔޫތު އޯޕަން ބެޑްމިންޓަން މުބާރާތުން 3 ރަން މެޑަލް ހާސިލުކުރި ދިވެހި ކުޅުންތެރިޔާ ލައިބާ އަހުމަދު މަހުލޫފަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ދަންނަވައިފިއެވެ.

ރައީސް މުއިއްޒު ވިދާޅުވީ ބައިނަލްއަޤްވާމީ ޖޫނިއަރ ބެޑްމިންޓަން މުބާރާތެއްގައި ލައިބާ މި ހޯދި ކާމިޔާބަކީ ދިވެހި ޤައުމަށް ލިބުނު ވަރަށް ބޮޑު ފަޚުރެއް ކަމަށެވެ. އަދި މިއީ ކުޅިވަރުގައި ރަނގަޅު މުސްތަޤްބަލެއް ހޯދަން މަސައްކަތްކުރާ ކޮންމެ ކުއްޖަކަށް ނަމޫނާއެއް ކަމުގައިވެސް ވިދާޅުވިއެވެ.

1000002765.jpg

ލައިބާގެ މި ފާހަގަކޮށްލެވޭ ކާމިޔާބީއާ ގުޅިގެން ރައީސް މުއިއްޒު އެދިވަޑައިގެންފައިވަނީ ލައިބާއަށް އިތުރު ކާމިޔާބީތަކާއި ރަން ވަނަތައް ލިބުމަށެވެ. އަދި ހިތްވަރާއި ހުނަރުވެރިކަމާއެކު ކުރިއަށް ދިއުމަށްވެސް އެދިވަޑައިގެންފައިވެއެވެ.

ލައިބާ މި ވަނީ އަރމޭނިއަން ޔޫތު އޯޕަންގައި އަންހެން ކުދިންގެ ސިންގަލްސް، ޑަބަލްސް އަދި މިކްސްޑް ޑަބަލްސް އިވެންޓްތަކުން ރަން މެޑަލް ހާސިލުކޮށްފައެވެ. މިއީ ދިވެހި ބެޑްމިންޓަންގެ ތާރީޚުގައި ވެސް ފާހަގަކޮށްލެވޭ ކާމިޔާބީއެކެވެ.

ލައިބާގެ މި ކާމިޔާބީއަކީ ޒުވާން ކުޅުންތެރިންނަށް ލިބިގެންދިޔا ހިތްވަރަކަށް ވެގެންދާނެ ކަމަށް ކުޅިވަރުގެ ދާއިރާގެ ފަރާތްތަކުން ފާހަގަކުރެއެވެ. އަދި ކުރިއަށް އޮތް ތަނުގައި އިތުރު ކާމިޔާބީތައް ހޯދުމަށް މަގުފަހިވެގެންދާނެ ކަމަށްވެސް ބެލެވެއެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.