އައްޑޫ ސިޓީން ޒަމީރު ޖައިޝަންކަރު އަށް މަރުހަބާ ކިޔަނީ
ވަޑައިގެންނެވީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން އައްޑޫ ސިޓީގައި ކުރިއަށް ގެންދިޔަ ބައެއް މަޝްރޫތައް އިފްތިތާހުކޮށް ދެއްވުމަށް
އިންޑިއާގެ އެކްސްޓާނަލް އެފެއާރޒް މިނިސްޓަރ ޑރ. ސުބްރަމާނިއަމް ޖައިޝަންކަރު އައްޑޫ ސިޓީއަށް ވަޑައިގެންފިއެވެ.
ޖައިޝަންކަރު އައްޑޫ ސިޓީއަށް މި ވަޑައިގެންނެވީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން އައްޑޫ ސިޓީގައި ކުރިއަށް ގެންދިޔަ ބައެއް މަޝްރޫތައް އިފްތިތާހުކޮށް ދެއްވުމަށެވެ.
ޖައިޝަންކަރު އައްޑޫއަށް ވަޑައިގެންނެވީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓުން ޖައިޝަންކަރަށް މަރުހަބާ ވިދާޅުވީ ފޮރިން މިނިސްޓަރު މޫސާ ޒަމީރެވެ. އަދި އައްޑޫ ސިޓީގެ އެކި ދާއިރާތައް ތަމްސީލްކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވެސް މަރުހަބާ ކިޔުމަށް ވަޑަގެންނެވިއެވެ.
އިންޑިއާގެ އެހީގައި ރާއްޖޭގެ 28 ރަށެއްގައި ކުރިޔަށް ގެންދިޔަ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް ފުރިހަމަކޮށް އިންޑިއާ ސަރުކާރުން ވަނީ ދިވެހި ސަރުކާރާ ހަވާލުކޮށްފައެވެ.
ކޮމެންޓް