ހުރިހާ މެޗަކުން މޮޅުވެ ސޮސް ބޮއިޒް ފައިނަލަށް!

ކުޅުމުގެ ތެރެއިން

އިއްޔެގެ މެޗުގައި ސޮސް ބޮއިޒް ވަނީ 3 ލަނޑު ޖަހާފަ

ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން ސޮސް ބޮއިޒް ހިންނަވަރު ކޮމިއުނިޓީ ސެންޓަރ (އެޗްސީސީ) ޗެންޕިއަންޝިޕްގެ ފައިނަލަށް ދަތުރުކޮށްފިއެވެ.

އިއްޔެ ކުޅުނު ގްރޫޕް ސްޓޭޖްގެ ފަހު މެޗުގައި ސޮސް ބޮއިޒް އާއި ޔަންގ ބޮއިޒް ބައްދަލުކުރި މެޗު ސޮސް ބޮއިޒްއިން ވަނީ 3 - 1 އިން ކާމިޔާބުކޮށްފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ސޮސް ބޮއިޒްގެ ޖާރޒީ ނަންބަރު 44 އައިހަމް ސައީދުއެވެ. އައިހަމް ވަނީ މި މެޗުގައި މޮޅު ކުޅުމެއް ދައްކާ، 1 ލަނޑުވެސް ޖަހާދީފައެވެ.

461429212_1082314593684870_973255121055341792_n.jpg

މިއަދު ސޮސް ބޮއިޒް އާއި ފައިނަލްގައި ވާދަކުރާ ޓީމް ހޮވަން ސެމީ ފައިނަލް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އެ މެޗުގައި ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ އެފްސީ މަކާއު އަދި ރިވަރސައިޑް އެވެ.

މި މުބާރާތުގެ މިވަގުތުގެ ޓޮޕް ސްކޯރާރ ގޮތުގައި ހުރީ 7 ލަނޑާއެކު ސޮސް ބޮއިޒްގެ އަފްރާހް މުޙައްމަދުއެވެ. އަދި ދެވަނައިގައި ރިވަރސައިޑްގެ އަބްދުﷲ އަޒާން އަދި އެފްސީ މަކާއުގެ އަޙްމަދު އަޒާން މުޙައްމަދު 6 ލަނޑާއެކު އެބަ ތިއްބެވެ. މިއަދުގެ މެޗުގައި މީގެން ކުޅުންތެރިޔަކު ލަނޑު ޖަހައިފިއްޔާ އެ ކުޅުންތެރިޔާ ޓޮޕް ސްކޯރާރގެ މަޤާމަށް އަރާނެއެވެ.

މި މުބާރާތުގެ އެންމެ ގިނަ އެސިސްޓް ކުރި ކުޅުންތެރިޔާ މިވަގުތު ވަނީ ދެ ކުޅުންތެރިޔަކަށެވެ. އެއީ އެފްސީ މަކާއު ގެ މުޙައްމަދު އުމައިރު އަދި ސޮސް ބޮއިޒްގެ ވިޖާޒް އީސާފުޅުއެވެ. ދެ ކުޅުންތެރިންވެސް ވަނީ 4 އެސިސްޓް ކޮއްދީފައެވެ. އެސިސްޓްގެ ދެވަނައިގައި ތިން ކުޅުންތެރިން ތިން އެސިސްޓްއާއެކު ވަނީ ހިމެނިފައެވެ. އެއީ އެސް މަކާއުގެ ހުސައިން އައްފާޝް އަދި ސޮސް ބޮއިޒްގެ އަފްރާހް މުޙައްމަދު އަދި ހުސައިން ފައިސަލްއެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.