ހިޒްބުﷲ އިން އިޒްރޭލުގެ އަސްކަރީ މައި މަރުކަޒަށް ހަމަލާއެއް ދީފި

އިޒްރޭލުން ހިޒްބުﷲގެ މައި މަރުކަޒަށް ދިން ހަމަލާއަކަށް ފަހު

ތެލްއަވީވުގައި ހުންނަ އިޒްރޭލުގެ އަސްކަރީ މައި މަރުކަޒަށާއި ދިފާއީ ވުޒާރާއަށް ޑްރޯން ހަމަލާއެއް ދީފި ކަމަށް ހިޒްބުﷲ އިން ބުނެފިއެވެ.

ހިޒްބުﷲ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ "އިޒްރޭލުގެ ދިފާއީ އިދާރާތަށް ހުންނަ ސަރަހައްދަށް ބުދަ ދުވަހު ވައިގެ ހަމަލާތަކެއް ދީފައިވާނެ،" ކަމަށެވެ.

ހަމަލާއާ ގުޅިގެން އިޒްރޭލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، "ބުދަ ދުވަހު ހިޒްބުﷲ އިން އިޒްރޭލަށް ރޮކޮޓް ފުންޏެއް އޮއްސާލާފައިވާ،" ކަމަށެވެ. އިޒްރޭލުގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ "އިޒްރޭލުގެ މެދުތެރޭގެ ބައެއް ސަރަޙައްދުތަކުގައި ސައިރަން އެޅުމާއެކު ލުބްނާނުން ހުރަސްކުރާ ގާތްގަނޑަކަށް ފަސް ރޮކެޓު ފެނިފައިވާ،" ކަމަށެވެ.

ހިޒްބުﷲ އިން އިޒްރޭލަށް މިހަމަލާ ދީފައިވާއިރު، ބުދަ ދުވަހުގެ އިރާކޮޅުވެސް ހިޒްބުﷲ އިން އިޒްރޭލަށް ފޮނުވާލި 2 ޑްރޯން އާއި 40 މިސައިލް މަތަކޮށްފައިވާ ކަމަށް އިޒްރޭލުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ. ނަމަވެސް ބަޔާނުގައި ހަމަލާތައް ދެވުނު ތަންތަން ވަކިން ބަޔާންކޮށްފައެއް ނުވެއެވެ.

ފާއިތުވި އަހަރުގެ ސެޕްޓެމްބަރު މަހުގެ ފަހުކޮޅުން ފެށިގެން ހިޒްބުﷲ އާއި އިޒްރޭލާ ދެމެދު ހަނގުރާމަ އިތުރަށް ފުޅާވެފައި ވަނީ އިޒްރޭލުން ލުބުނާނަށް ދޭ ވައިގެ ހަމަލާތައް އިތުރުކޮށް، އެ ލުބުނާނުގެ ސަރަޙައްދުތަކަށް އިޒްރޭލު ސިފައިން ފޮނުވާ ސަރަހައްދުތައް ހިފަން ފެށުމާ ގުޅިގެންނެވެ.

ލުބުނާނުގެ ސިއްހީ ވުޒާރާގެ ތަފާސް ހިސާބުތައް ދައްކާގޮތުން ލުބުނާނުގައި، އިޒްރޭލުގެ ހަމަލާތަކުގައި މަދުވެގެން 3،287 މީހުން މަރުވެ، 14،222 މީހުން ވަނީ ޒަޚަމްވެފައެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.