ފަތުރުވެރިން
ޑިސެންބަރުމަހު ރާއްޖެއަށް 2 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ.
ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް އެއް މަސްދުވަސްތެރޭ 2 ލައްކަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެތެރޭގައެވެ. އަދި މި ޑިސެންބަރުމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 2 ލައްކަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއީ މިއަހަރުތެރޭ އެއް މަސްދުވަސްތެރޭ 2 ލައްކަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރި 2 ވަނަ ފަހަރެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން ޑިސެންބަރުމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ 203،891 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި 188،798 ފަތުރުވެރިންނާ އަޅާ ބަލާއިރު %8 އިތުރު އަދަދެކެވެ.
މިއަހަރުގެ ފެބްރުއަރީމަހުވެސް ރާއްޖެއަށް ވަނީ 2 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. އެމަހު ރާއްޖެއަށް ވަނީ 217،392 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.
- ޗައިނާ: 263،042 ފަތުރުވެރިން
- ރަޝިއާ: 224،699 ފަތުރުވެރިން
- އިނގިރޭސިވިލާތް: 180،455 ފަތުރުވެރިން
ކޮމެންޓް