އިންޑިޔާގެ ޕީ.ވީ ސިންދުއާ ދެކޮޅަށް ނަބާ ގެ ފުރަތަމަ މެޗު

ނަބާ

އޮލިމްޕިކްސްގައި ރާއްޖޭން ބެޑްމިންޓަންގައި ވާދަކުރާ، ފާތުމަތު ނަބާހާ އަބްދުއްރައްޒާގު ކުޅޭ ފުރަތަމަ މެޗުގައި މިއަދު މެންދުރު ދުނިޔޭގެ އެންމެ މޮޅު އެއް ބެޑްމިންޓަން ކުޅުންތެރިޔާ އިންޑިޔާގެ ޕީ.ވީ ސިންދުއާ ދެކޮޅަށް ނުކުންނާނެއެވެ.

ނަބާއާ ސިންދޫ ކުޅޭ މެޗު އޮންނާނީ ރާއްޖޭ ގަޑިން މެންދުރު 12:30 ގައެވެ. ނަބާއާ ދެކޮޅަށް ނުކުންނަ ސިންދޫއަކީ، އިންޑިޔާގެ ޗެމްޕިއަންގެ އިތުރުން، ދުނިޔޭގެ އަންހެން ބެޑްމިންޓަންގައި އެންމެ ކާމިޔާބު އެއް ކުޅުންތެރިޔާއެވެ. ސިންދޫއަކީ އެންމެ ފަހުން އޮތް ދެ އޮލިމްޕިކްސްގެ ތެރެއިން 2016ގެ ރިއޯ އޮލިމްޕިކްސްގެ ސިންގަލްސް ފައިނަލްގައި އަދި 2021ގެ ޓޯކިޔޯ އޮލިމްޕިކްސްގައި ލޯ މެޑެލް ހޯދި ކުޅުންތެރިޔާއެވެ.

މިއީ ނަބާހާގެ ދެވަނަ އޮލިމްޕިކްސް އެވެ. އޮލިމްޕިކްސްގައި ރާއްޖޭގެ ބެޑްމިންޓަންގައި ބައިވެރިވާ ނަބާއަކީ ދެ ވަނަ ފަހަރަށް ޓްރައިޕާޓައިޓް އިންވިޓޭޝަންގެ ގޮތުން ރާއްޖެ ތަމްސީލްކުރާ (ބެޑްމިންޓަން) ފުރަތަމަ އެތުލީޓެވެ. 

ނަބާވަނީ ޖަޕާނުގެ ޓޯކިއޯގައި 2021 ވަނަ އަހަރު އޮތް އޮލިމްޕިކްސްގައިވެސް ކުޅެފައެވެ. ނަބާ އަށް އޮލިމްޕިކްސްގެ ޖާގަ ދިނީ އޮލިމްޕިކްސްގެ ޓްރައިޕާޓައިޓް ކޮމިޝަނުން، އޭނާގެ ނަތީޖާ އަށް ބެލުމަށް ފަހު އޭނާގެ ނަތީޖާތައް ރަނގަޅު ވުމުންނެވެ. 

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.