މާލެ ސަރަހައްދުގެ ވައި ވަރަށް ނުސާފު
މިއަދުވެސް މާލެ ސަރަޙައްދަށް ވައި ނުސާފު ވާނެކަން ހާމަކޮށް މެޓުން ބުނީ އުތުރާއި، މެދުރާއްޖެތެރޭގެ ރަށްތަކަށް ވައި ނުސާފުވީނަމަވެސް ދެކުނުގެ ރަށްތަކަށް ވައި ސާފު ވާނެކަމަށެވެ.
މި ދުވަސްވަރު ރާއްޖޭގެ ވައި ނުސާފުވަނީ ރާއްޖޭގެ އިރުމަތިން ބޭރުން އަންނަ ދުމުގެ ސަބަބުންކަން ފާހަގަކޮށް މެޓުން ބުނީ ވައި ނުސާފުވުމުގެ ސަބަބުން ލޮލަށް ފެންނަ ދުރުމިން ވަރަށް ބޮޑަށް ދަށްވެފައިވާ ކަަމަށެވެ. އެގޮތުން ސާފު ދުވަހެއްގައި 10 ކިލޯމީޓަރަށްވުރެ ދުރު ފެނުނު ނަމަވެސް މިހާރު މާލެ ސަރަހައްދުގައި ލޮލަށް ފެންނަ ދުރުމިން 4 ކިލޯމީޓަރަށް ވުރެ ދަށްވެފައިވާ ކަމަށެވެ.
ކޮންމެ އަހަރެއްގެވެސް މި ދުވަސްވަރު ރާއްޖޭގެ އެކި ހިސާބުތަކަށް ވައިނުސާފުވާއިރު، އެޗްޕީއޭއިން ވަނީ ފުއްޕާމޭގެ ބަލިތަކާއި ހިތުގެ ބަލި އަދި އެލާޖީ މައްސަލަ ހުންނަ މީހުން ގެއިން ބޭރުގައި ގިނަވަގުތު ހޭދަނުކުރުމަށް އިލްތިމާސްކޮށްފައެވެ.
ކޮމެންޓް