އިމިގްރޭޝަން މުވައްޒަފުން ޕާސްޕޯޓް ބަލަނީ
ރާޢްޖޭގައި މަސައްކަތް ކުރާ ބިދޭސީ ފަރާތްތަކުން ރާއްޖެއިން ބޭރަށް ދަތުުރު ކުރާ އިރު ޕާސްޕޯޓުގައި ސައްހަ ވޯކް ވިސާއެއް އޮތްކަން ޔަގީން ކުރުމަށް އިމިގްރޭޝަނުން އެދިއްޖެއެވެ.
ސައްހަ ވޯކް ވިސާއެއް އޮތްކަން ޔަގީންކުރުމަށް އިމިގްރޭޝަނުން އެދިފައިވާ އިރު، ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް، ސައްހަ ވިސާއެއް ނެތި އުޅެމުންދާ ބިދޭސީން ދެނެގަތުމުގެ ހޯމް މިނިސްޓްރީ އާއި، މޯލްޑިވްސް އިމިގްރޭޝަނާއި ދިވެހި ފުލުހުންގެ ހިދުމަތް ގުޅިގެން ދަނީ ހާއްސަ އޮޕަރޭޝަނެއް ހިންގަމުންނެވެ. އެގޮތިން މި މަހުގެ ތޭރޭގައި ހިންގި މިފަދަ އޮޕަރޭޝަންތަކުގެ ތެރޭގައި މިހާތަނަށް 38 ބިދޭސީއަކު އަތުލައިގެންފައި ވެއެވެ.
މި މަހުގެ ހިންގި ރެއިޑް އޮޕަރޭޝަންތައް:
3 އޭޕްރީލް: އާންމި ސިއްހަތަށް ނުރައްކާވާގޮތަށް ހިންގަމުންދިޔަ ކެފޭއަކުން 11 މީހުން އަތުލައިގެން
6 އޭޕްރީލް: މާލޭގެ ކެފޭ، ހޮތާ އަދި ޓެކްއަވޭން ސައްހަ ވިސާ ނެތް 6 މީހުން އަތުލައިގެން
7 އޭޕްރީލް: ހުޅުމާލޭގެ އެކޮމޮޑޭޝަން 4 ބްލޮކްއަކުން 8 މީހަކު އަތުލައިގެން
8 އޭޕްރީލް: ސޯޝަލް ސެންޓަރާއި ވިލިމާލެ ފެރީޓަމިންލ ސަރަހައްދު ބަލައި 8 މީހަކު އަތުލައިގެން
9 އޭޕްރީލް: ހުޅުމާޅެ ފޭސް 1 އަދި 2 ގެ 4 ކެފޭ ބަލައި 5 މީހުން އަތުލައިގެން
މި އޮޕަރޭޝަންގެ އިތުރުން ރާއްޖޭގެ ގާނޫނުތަކާއި ހިލާފަށް ވިޔަފާރި ކުރަމުން އަންނަ އަދި އެހެނިހެން ކަންކަމުގައި ހަރަކާތްތެރިވަމުންދާ ބިދޭސީންނަށް އިތުރު ފުރުސަތެއް ދިނުމެއް ނެތި ޑީޕޯޓުކުރުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ. އެގޮތުން މިހާތަނަށް 6076 އަށްވުރެ ގިނަ ބިދޭސީން ވަނީ އަނބުރާ އެމީހުން ނިސްބަތްވާ ގައުމުތަކަށް ފޮނުވާފައެވެ.މީގެ ތެރެއިން 500 ބިދޭސީޏް މިދިޔަ އަހަރު ފޮނުވާލާފައިވާ އިރު މި އަހަރުގެ އަމާޒަކީ އެ އަދަދު ދެގުނަ ކުރުން ކަމަށް ސަރުކާރުން ބުނެއެވެ.
ބިދޭސީންގެ މައްސަލަ ހައްލު ކުރުމަކީ ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން ކުރިއަށްގެންދާ މަސައްކަތެކެވެ.
ކޮމެންޓް