ފޭސް ދޭއްގެ ބީޗުގައި ހުރި ހަޓުތައް ނަގާ އިތުރަށް ތަރައްގީ ކުރަނީ

ފޭސް ދޭއްގެ ބީޗުގައި ހުރި ހަޓުތައް ނަގާ އިތުރަށް ތަރައްގީ ކުރަނީ

ޅުމާލެ ފޭސް ދޭއްގެ ބީޗުގައި ހުރި ހަޓުތައް ނަގާ އެ ސަރަހައްދު އިތުރަށް ތަރައްގީ ކުރަން ނިންމާފައިވާ ކަމަށް ހައުސިން ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.

އެޗްޑީސީ އިން ބުނީ ހުޅުމާލޭގެ ފޭސް ދޭއްގެ ރުއްގަނޑު 3 ގެ ބީޗް ސަރަހައްދުގައި އަމިއްލަ ފަރާތްތަކުން ހަދާފައިވާ ހަޓްތަކާއި އެތާނގައި ބަހައްޓާފައިވާ ތަކެތި 30 މެއި ގެ ނިޔަލަށް ނަގަން މިހާރު އަންގާފައިވާ ކަމަށާއި މި މުއްދަތުގެ ތެރޭގައި ހަޓުތައް ނުނަގައިފިނަމަ އެ ތަކެތި ނަގައި ސަރަހައްދު ސާފުކުރުމުގެ މަސައްކަތް އެޗްޑީސީ އިން ކުރިއަށް ގެންދާނެ ކަމަށެވެ.

މި ސަރަހައްދުގައި އަމިއްލަ ފަރާތްތަކުން ހަޓުތައް ހަދާފައިވަނީ އެކި ކަހަލަ ވިޔަފާރިތައް ކުރުމުގެ ބޭނުމުގައެވެ. އެޗްޑީސީ އިން ބުނީ މި ހަޓުތައް އެޗްޑީސީ އިން ނަގަން ޖެހިއްޖެ ހާލަތެއްގައި އެ ހަޓުތަކަށް ލިބޭ ގެއްލުން ތަކަށް ޒިންމާ ނުވާނެ ކަމަށެވެ. އަދި އެ ސަރަހައްދު މިހާރު ބޭނުންކުރެވެމުން ދާ ގޮތުން ތަން ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތަށް ވެސް ގިނަ ދަތިތަކެއް ކުރިމަތިވާކަމަށްވެސް އެޗްޑީސީ އިން ވަނީ ބުނެފައެވެ.

އެޗްޑީސީ އިން އިތުރަށް ބުނީ އެ ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތް ކުރަނީ ހުޅުމާލޭގައި ލިބެން ހުރި ވަސީލަތްތައް ބޭނުންކޮށްގެން ރައްޔިތުން ބޭނުންވާ ހިތުމަތްތައް ވީހާވެސް ފުރިހަމައަށް ފޯރުކޮށްދިނުމަށް ކަމަށެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.