ރައީސް ވައުދު ފުއްދަވަނީ އިންތިޙާބާ ދިމާކޮށެއް ނޫން: ވެމްކޯ ޑީއެމްޑީ

ވެމްކޯ ޑީއެމްޑީ ޝަހީދު ރައީސް ޑރ. މުޢިއްޒު އާއެކު

ޝަހީދު، ރައީސް ޑރ. މުޢިއްޒުގެ ދިފާއުގައި ވާހަކަ ދައްކައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވައުދު ފުއްދަނީ އިންތިޙާބާ ދިމާކޮށެއް ނޫންކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޝަހީދު އިބްރާހިމް ވިދާޅުވެއްޖެއެވެ.

ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ޝަހީދު ވިދާޅުވީ ރައީސް ޑރ. މުޢިއްޒު ވައުދު ފުއްދަވަނީ ތަރުތީބު ކޮއްގެން ކަމަށެވެ. ވެރިކަން ކުރާ ޕާޓީ، ޕީއެންސީގެ ސެނަޓަރެއްގެ ހައިސިއްޔަތުން މަސައްކަތްވެސް ކުރާ ޝަހީދު ގެންދަވަނީ ރައީސް ޑރ. މުޢިއްޒު ވެވަޑައިގެންފައިވާ ވައުދުތަށް ފުއްދުމުގައި އަމަލީގޮތުން މަސައްކަތް ކުރަމުންނެވެ.

އެގޮތުން ވެމްކޯގެ އޮޕަރޭޝަންތަކަށް އަންނަނީ ބޮޑެތި ބަދަލުތަކެއް ގެންނަމުންނެވެ. ވެމްކޯގެ އޮޕަރޭޝަންތަށް އަންނަނީ ޒަމާނީކޮށް ރައްޔިތުންނަށް ލުއި ފަސޭހަތަށް އަންނަނީ ކުރަމުންނެވެ. ރައްޔިތުން ޕިކަޕް ތަކުގައި ގެންދާ ކުނި ކުރިން ހުސަކުރަން ޖެހެނީ އަމިއްލަ އަށެވެ. މިހާރު ވެމްކޯގެ މުވައްޒަފުން އެކަމުގައި ހަރަކާތްތެރިވާނެއެވެ.

މީގެއިތުރުން ވެމްކޯއަށް ޖަމާވާ ކުނިތަށް މިހާރު ކޮންޓެއިނެރައިޒް ކުރުމުގައިވެސް ޝަހީދުގެ ރޯލު ވަރަށް ބޮޑެވެ. މިގޮތަށް ކުނި ކޮންޓެއިނަރައިޒް ކުރުމުން، އެ އުފުލަން ވަރަށް ބޮޑުތަން ފަސޭހަވެގެން ދެއެވެ.

ރައީސް ޑރ. މުޢިއްޒުގެ ދުރު ވިސްނުން ތަންފީޒުކުރައްވަން ތިއްބަވަނީ ހިންގުންތެރި ބޭފުޅުން އައްޔަނުކޮއްފައެވެ. ޝަހީދު އަކީވެސް އެގޮތަށް ރައީސް ޑރ. މުޢިއްޒުގެ އިތުބާރު ލިބިފައިވާ ބޭފުޅެކެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.