މިފްކޯގެ ސީއީއޯއަކަށް ޔޫކްރައިން ގެ ވިތާލީ އައްޔަންކޮށްފި

މިފްކޯގެ ސީއީއޯ

މޯލްޑިވްސް އިންޑަސްޓްރިއަސް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)ގެ ޗީފް އެގްޒެކެޓިވް އޮފިސަަރު / މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މުޅިން އަލަށް ބިދޭސީއަކު އައްޔަން ކޮށްފިއެވެ.

މިފްކޯއިން ބުނި ގޮތުގައި އެ މަގާމަށް އައްޔަންކޮށްފައި ވަނީ ޔޫކްރެއިން އަށް ނިސްބަތްވެ ވަޑައިގަންނަވާ ޑރ. ވިތާލީ ލުބިމޮފް އެވެ. އަދި ރަސްމީ މަސައްކަތާ އޭނާ މާދަމާ ހަވާލުވާނެ ކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ. ލުބްމޮފްގެ ލިންކްޑިން ގައި ވާ ގޮތުން އޭނާ އަކީ އަޑިއަޅާލާފައިވާ ކުންފުނިތައް ދެމެހެއްްޓެނިވި ވިޔަފާރި މޮޑެލްއަކަށް ބަދަލުކުރުމުގެ ތަޖުރިބާ ހުންނެވި ބޭފުޅެކެވެ.

އިކޮނޮމިކްސް އާއި ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ޕީއެޗްޑީ ހާސިލްކުރައްވައިފައިވާ ލިންކްޑިން ވަނީ މީގެ ކުރިން ބައެއް ބޭންކުތަކުގެ ކްރިޑިޑް އަދި ޑިޕާޓްމަންޓުގެ އިސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައެވެ. އަދި ބައެއް ކުންފުނިތަކުގެ ބޯޑް މެންބަރުކަމާއި އެޑްވައިޒަރުކަމުގެ އިތުރުން ބައެއް ކެޕިޓަލް ފަންޑުތަކުގެ ޗީފް ރިސްކް އޮފިސަރުކަން ވެސް އޭނާ ވަނީ ކުރައްވާފައެވެ.

މިފްކޯގެ ސީއީއޯގެ މަގާމުގައު އެންމެ ފަހުން ހުންނެވީ އަހުމަދު ޝަމާހު ރަޝީދުއެވެ. ގިނަ ތުހުމަތުތަކެއް އަމާޒުވާ ޝަމާހު އެ މަގާމުން ވަކިކޮށްފައި ވަނީ މިދިޔަ މެއި މަހުގެ 21 ވަނަ ދުވަހުއެވެ. ނަމަވެސް އެ މަގާމުން ޝަމާހު ވަކިކޮށް މާގިނަ ދުވަސްތަކެއް ނުވަނީސް، ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓަކަށް އޭނާ ވަނީ އައްޔަންކޮށްފައެވެ.

މަގާމުގައި ހުންނަވަނިކޮށް ކޯޕަރެޓް ގަވަނަންސް އާ ގުޅޭ މައްސަލަަތަކަކާ ގުޅިގެން މަހަކަށްވުރެ ގިނަ ދުވަހަށް ޝަމާހު ސްސްޕެންޑުވެސް ކުރިއެވެ. އޭނާ އާއި ގުޅޭގޮތުން ޕީސީބީއަށް ހުށަހެޅި ޝަކުވާތަކުގެ ތެރޭގައި ޝަމާހުގެ އާއިލީ ގުޅުން އޮންނަ ފަރާތްތަކާއި ރައްޓެހިންނަށް ކުންފުނީގެ ވަޒީފާ ދިނުން ފަދަ ބޮޑެތި ތުހުމަތުތައް ހިމެނެއެވެ.

އެއަށް ފަހު މިފްކޯގެ ސީއީއޯގެ މަގާމު ހުސްކޮށް އޮތް އިރު މީގެ ކުރިން ވަނީ ބޭރުގެ ފަރާތްތަކަށް ކުރިމަތިލެވޭނެހެން އެ މަގާމަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލާފައެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.