"މޯލްޑިވްސް ހެޕިނެސް އިންޑެކްސް" އެކުލަވައިލުމުގެ އަތޮޅުތެރޭގެ ފުރަތަމަ މަސައްކަތު ބައްދަލުވުން ބާއްވައިފި

މަސައްކަތު ބައްދަލުވުމުގެ ބައިވެރިން

ގިނަ ފަރާތްތަކަކާ މަޝްވަރާކުރެވިގެން، އެކުލަވައިލެވޭ އޮނިގަނޑެއްގެ ތެރެއިން ރަށްރަށުގެ ޙާލަތާއި އުފާވެރިކަން ރަނގަޅަށް އެނގޭނެ ގޮތަކަށް ތައްޔާރުކުރެވޭ ފުރޭމްވޯރކަކަށް "މޯލްޑިވްސް ހެޕިނެސް އިންޑެކްސް" ހެދުން

ދިވެހިރާއްޖޭގެ ރަށްރަށުގެ ޙާލަތާއި ރައްޔިތުންނަށް ލިބޭ އުފާވެރިކަން މިންކުރާނެ ގޮތް ދެނެގަނެ އެ ކަންކަން ކުރިއަރުވާ، ރައްޔިތުންގެ އުފާވެރިކަމާއި ތަރައްޤީއާއި ގުޅުވައިލުމަށް ޓަކައި "މޯލްޑިވްސް ހެޕިނެސް އިންޑެކްސް" އެކުލަވައިލުމުގެ އަތޮޅުތެރޭގެ ފުރަތަމަ މަސައްކަތު ބައްދަލުވުން އދ. ހަންޏާމީދޫގައި ބާއްވައިފިއެވެ.

2024 ސެޕްޓެންބަރ 17 ވަނަ ދުވަހުގެ ރޭ ހަންޏާމީދޫގައި ބޭއްވި މި ބައްދަލުވުމުގެ މައިގަނޑު ބޭނުމަކީ "ދިވެހިރާއްޖޭގެ އުފާވެރިކަމުގެ މިންގަނޑު" (މޯލްޑިވްސް ހެޕިނެސް އިންޑެކްސް) މިންކުރުމަށް އެކުލަވައިލެވޭ އޮނިގަނޑު ނުވަތަ ފްރޭމްވޯރކަކީ ފުޅާ ދާއިރާއެއްގައި ރާއްޖޭގެ ގިނަ ފަރާތްތަކަކާ މަޝްވަރާކުރެވިގެން، އެކުލަވައިލެވޭ އޮނިގަނޑެއްގެ ތެރެއިން ރަށްރަށުގެ ޙާލަތާއި އުފާވެރިކަން ރަނގަޅަށް އެނގޭނެ ގޮތަކަށް ތައްޔާރުކުރެވޭ ފުރޭމްވޯރކަކަށް "މޯލްޑިވްސް ހެޕިނެސް އިންޑެކްސް" ހެދުމެވެ.

އިސްލާމިކް ޔުނިވަރސިޓީގެ ސެންޓަރ ފޯރ ޕޯސްޓްގްރެޖްއޭޓް ސްޓަޑީސްގެ ޑީން ޑޮކްޓަރ ފާޠިމަތު މުނާ ކުރިޔަށް ގެންދެވި މި މަސައްކަތު ބައްދަލުވުމުގައި ހަންޏާމީދޫ ކައުންސިލުގެ މެންބަރުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރުންނާއި، ހަންޏާމީދޫ ކައުންސިލުގެ މުވައްޒަފުންނާއި އަދި އިސްރަށްވެހިންނާއެކު ޖުމްލަ 43 ފަރާތަކުން ބައިވެރިވެލެއްވިއެވެ.

ކާމިޔާބު ވޯރކްޝޮޕެއްގެ ގޮތުގައި ބޭއްވުނު މި ވޯރކްޝަޕަށް އދ. ހަންޏާމީދޫން ބޮޑު ތަރުޙީބެއް ލިބިގެން ދިޔަކަން ޝުކުރުވެރިކަމާއެކު ފާހަގަކުރަމެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.